ބ.އަތޮޅުގައި އޮންނަ ފޯސީޒަން ރިސޯޓުގެ މުވައްޒަފުންނަށް މިމަހު ސާވިސް ޗާޖުގެ ގޮތުގައި 3026.1 ޑޮލަރު (46662.46 ރުފިޔާ) ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މި ޖަނަވަރީ މަހު ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސް ގައި އާންމު ކޮށްފައިވާ ގޮތުން ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން މިހިނގާ ޖެނުއަރީ މަހު ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖުދިނީ ސޮވްުށި ރިސޯޓުންނެވެ. އެ ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 2248.68ޑޮލަރު (34674.65 ރުފިޔާ) ދީފައިވެއެވެ.
ތިންވަނައިގާ އޮތީ ބޮލަކަށް 2041.4 ޑޮލަރު (31478 ރ.) އާއިއެކު ވައްކަރު ރިސޯޓެވެ.
އަނަންތަރާ ކިހަވައްް ރިސޯޓުން މިމަހު ސާވިސް ޗާޖްގެ ގޮތުގައި ބޮލަކަށް 1899.14 ޑޮލަރު (29284.74) ރުފިޔާ ޖެހިފައިވާ އިރު މިލައިދޫން ސާވިސް ޗާޖަށް ލިބިފައިވަނީ 1319.41 ޑޮލަރު (20345.3) ރުފިޔާއެވެ. ޑުސިތުތާނީ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1262ޑޮލަރު ނުވަތަ 19460ރު. ލިބިފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އަދި ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.