ބިންހިއްކުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަނީ

ކޮންނަބޯޓްގެ ހޮޅިލައިން ފަޅަށް ގުޅުމުގެ މަސައްކަތް މިއަދު ކުރަނީ. މާދަމާ ހެނދުނު ހިއްކަން ފަށާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް

ކޮންނަބޯޓްގެ ހޮޅިލައިން ފަޅަށް ގުޅުމުގެ މަސައްކަތް މިއަދު ކުރަނީ. މާދަމާ ހެނދުނު ހިއްކަން ފަށާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް

އޭދަފުށީގެ ބިންހިއްކުމަށްޓަކައި ބޮސްކާލިސްގެ ކޮންނަބޯޓުން ވާންޖެހޭ ފަހުގެ ތައްޔާރީތައް ވާންފަށައިފިއެވެ.

އެގޮތުން މިއަދު ހަވީރު ކޮންނަބޯޓްގެ ހޮޅިލައިން އޭދަފުށީ އިރުމަތީކޮޅު ފަޅުގެ ސަރަހައްދަށް ގުޅުވައި، ހިއްކުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ފައިނަލް ކުރަމުންދާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އަދި މިމަސައްކަތްތައް މިއަދު ހަވީރު ފެށުމާއެކު އޭދަފުށީގެ ޖިންސްލަތީފުންގެ ކުރުފަލިޖެހުމުގެ ހަރަކާތެއް މިރަށް ވަށައިގެން ކުރިޔަށްގެންދިޔައެވެ. ބޮސްކާލިސްގެ ޓީމް ހޮޅިއެޅުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދު ބެލުމަށް އޭދަފުށީގެ ވަރަށްގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް ދިޔައެވެ.

އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ބުނީ ބިންހިއްކަން ފެށޭނީ މާދަމާ ފަތިހު 6 ޖަހާއިރު ކަމަށާ، ބޯޓުންވާންޖެހޭ ތައްޔާރީތައް މިރޭ ނިންމާނެކަމަށެވެ.

“މިހާރު އެއޮތީ ގާތްގަޑަކަށް ހުރިހާކަމެއް ސެޓްވެ ނިމިފައި. ފަތިހު 6 ޖާހާއިރު ވެލިއަޅަން ފަށާނެ.” ރިޒާ ހަވީރު އީވީއަށް ވިދާޅުވިއެވެ.

ބިންހިއްކުމަށް ބޭނުންވާ ބައެއް ސާމާނުތައް މިއަދު ހެނދުނުވަނީ އޭދަފުއްޓަށް ބާލާފައެވެ. އަނެއްކޮޅުން ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތަށް އޭދަފުށީގެ ރައްޔިތުން އަދިވެސް ދަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ދެކުނުފަރާތު އަތިރިމަތީގައި ދަރުބާރުގެ އެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު، މެދުނުކެނޑި ރަށުގެ ބައެއް ހިސާބުތަކުގައި ގައުމީ ދިދަ ދެމުމުގެ މަސައްކަތް ކުރިޔަށްގެންދާ މައްޒަރު ފެންނަމުންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top