މާޅޮހުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ މަހު ފަށަނީ

DSCN2360.jpg

ބ.މާޅޮސް--: އީވީ ފައިލް ފޮޓޯ

ބ.މާޅޮހުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަމަހު ފަށާނެކަމަށް ސަރުކާރުގެ ފެންކުންފުނި،
އެމްޑަބްލިޔުއެސްސީ އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، ވިދާޅުވި ގޮތުގައި މާޅޮހުގައި ފެނާއި ނަރުދަމާ އެޅުމަށް ބޭނުންވާ ހުރިހާ ސާވޭއެއް ކޮށް ނިމިފައިވާކަމަށެވެ. އަދި މި މަސައކަތް ފެށުމަށް މިހާރުވަނީ ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލު ކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވި ގޮތުގައި މަސައްކަތް ފެށުން ލަސްވާން މެދުވެރިވީ މި މަސައްކަތަށް ރާއްޖެއިން ބޭރުން ގެންނަ ޖެހޭ ސާމާނު ހުރުމުން އެތަކެތި ގެނައުމުގައި ލަސްތަކެއް މެދުވެރިވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މިހާރު މިތަކެތިވެސް ލިބިފައިވާތީ އަމަލީ މަސައްކަތް ފެށުމުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލާނެކަމަށް ޝާހު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާ ގުޅައިދޭނެ އެވެ. އަދި ފެނުގެ ނިޒާމްގެ ދަށުން އެރަށުގައި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ގާއިމްކުރުމުގެ އިތުރުން، ފެން ރައްކާކުރުމަށް 310 ކޮޑިމީޓަރުގެ ދެ ތާނގީއާ ވާރޭފެން ރައްކާކުރުމަށް 740 ކޮޑިމީޓަރުގެ ތާނގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ނަރުދަމާގެ މަސްރޫއުގެ ދަށުން 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް، ޕަންޕް ސްޓޭޝަނަކާ 144 ސްވަރޭޖް މެއިން ހޯލް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މާޅޮހަކީ ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވާ ރަށަކަށް ވާތީ ފެން ހިއްދުމަށް ޚާއްސަ ނިޒާމެއް ގާއިމް ކުރާނެކަމަށް މާޅޮހު ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަކީ ފްލޭނިން މިނިސްޓްރީން 60.4 މިލިއަން ރުފިޔާ އަށް ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 2020ވަނައަހަރުގެ ޑިސެމްބަރު14ވަނަ ދުވަހުއެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2022ވަނަ އަހަރުގެ ޖޫން 7ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top