ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑެއްގައި ގޮސް ނިންމާލާނެކަމުގެ ޔަގީންކަން ދީފި

shaah-mwsc.jpg

އެމްޑަބްލިއު އެސްސީގެ އެމްޑީ ،ޝާހް

ބ.ކަމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރުސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމުގެ ޔަގީންކަން އެމަސައްކަތް ކުރަން ހަވާލު ކޮށްފައިވާ އެމްޑަބްލިއުއެސްސީ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ މައުލޫމާތު ހިއްސާކުރުމަށް ކަމަދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެމްޑީ ވިދާޅުވީ ކަމަދޫ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުން ކަމަށެވެ. އެހެންނަމަވެސް މިކަންކަމުގައި މިރަށު ރައްޔިތުން އުފުލާ ތަކުލީފަށް ދެން މާގިނަ ދުވަސްތަކެއް ނުކޮށް ނިމުން އަތުވެދާނެކަމަށް ޝާހް ވިދާޅުވިއެވެ.

”ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް މިރަށުގައިވެސް ފެނާއި ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައި ބާރު ސްޕީޑެއްގައި ކުރިއަށްގެންގޮސް ނިންމާލާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން.“ ޝާހް

ޝާހު ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ ސާމާނު އޭޕްރީލް މަސް ފެށޭ ހިސާބުގައި ކަމަދުއަށް ގެންދާނެކަމަށާ މިމަސައްކަތް ކުރުމަށްޓަކައި ވަގުތީ ސައިޓުގެ މަސައްކަތް މިހާރު މިވަނީ ފަށާފައި ކަމުގައެވެ.

ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގެ 120 ގެއަކަށް ކަނެކްޝަން ގުޅައި ފެން ރައްކާކުރުމަށް 200 އަކަމީޓަރުގެ ދެ ޓޭންކް ބަހައްޓައި ވާރޭފެން ރައްކާކުރުމަށް 520 އަކަ މީޓަރުގެ ތާންގީއެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދުވާލަކު ފަންސަވީސް ހާސް ޓަނުގެ ފެން އުފެއްދޭ ޕްލާންޓަކާއެކު 4،387 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ކަމަދޫގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top