އާއަހަރު ފާހަގަ ކުރަން ބެކަމް އާއިލާއާއި ރޮބެން ބ.އަތޮޅުގެ ރިސޯޓުތަކަށް

1429274287_beckham-family-zoom-1000x600.jpg

ބެކަމް އާއިލާ

މީލާދީ އާއަހަރު ފާހަގަކުރުުމުގެ ގޮތުން ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިނގިރޭސި ވިލާތުގެ ޑޭވިޑް ބެކަމްގެ އާއިލާއާއި ބަޔާން މިއުނިކްގެ ވިންގާ އާރްޖެން ރޮބެން ބ. އަތޮޅު ގައި ހިންގާ ދެ ރިސޯޓަކަށް އަތުވެއްޖެއެވެ.

އާއަހަރު ފާހަގަ ކުރަން ރާއްޖޭއަށް ތިން ފަހަރު އައިސްފައިވާ ޑޭވިޑް ބެކަމް މި ފަހަރު އާއަހަރު ފާހަގަކުރަނީ ބ.އަތޮޅު އަމިއްލަފުށީގައެވެ. ބެކަމް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި މޮޑެލް ވިކްޓޯރިއާގެ އިތުރުން އެ ދެމީހުންގެ ހަތަރު ކުދިން (ބުރޫކްލިން، ރޯމިއޯ، ކުރޫޒް އަދި ހާޕާ) އާއެކުއެވެ. ވިއައިޕީ ކޮށް އެމީހުން މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ ގަތަރު ގެ ފްލައިޓަކުންނެވެ.

ބެކަމް އާއިލާގެ އިތުރުން ހޮލެންޑްގެ މަޝްހޫރު ފުޓްބޯލަ ކުޅުން ތެރިޔާ ރޮބެން ވެސް މިއަދުވަނީ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ބ. ލަނޑާގިރާވަރުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓަށް އައިސްފައެވެ.

ރޮބެން

ރޮބެން

ރޮބެން އާއި ބެކަމްގެ އިތުރުން، ބެކަމްގެ އަންހެނުން ވިކްޓޯރިއާ އިންތިޒާމްކުރާ އާ އަހަރުގެ ބޮޑު ޕާޓީއަށް އޭނާގެ ގާތް ރަހުމަތްތެރިން ކަމަށްވާ އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބުރިޓީ ޗެފް ގޯޑަން ރަމްސީ އާއި އޭނާގެ އަންހެނުން، ލިޔުންތެރިޔާ ތާނާ ވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

އަމިއްލަ ފުށީގައި ޗުއްޓީ ހޭދަކުރުމަށް އެ މީހުން އައިސްފައިވަނީ ބެކަމްގެ އާއިލާއާ ވަކިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top