އިސްލާމީ ރީތި އަޚްލާޤާއި ޚިލާފު ކަންކަން މަންހަޖުން ބޭރުކުރަން ޝައިޚް އިލްޔާސް ގޮވާލައްވައިފި

medium_174339.png

ޝައިޚް އިލްޔާސް ހުސެން

އިސްލާމީ ރީތި އަޚްލާގާއި އުސޫލުތަކާއި ޚިލާފު ކަންކަން ތައުލީމީ މަންހަޖުން ބޭރުކުރުމަށް ޝައިޚް އިލްޔާސް ހުސެން ގޮވާލައްވައިފިއެވެ.

އިލްޔާސް މިފަދައިން ގޮވާލައްވައިފައި މިވަނީ ދަރިވަރުން ލައްވައި މިއުޒިކު ކުޅެ ނަށަން ދަސްކޮށް ދިނުމަށް ދެކޮޅު ހެދި ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފައިވާތީ އެކަމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ތައުލީމީ ވުޒާރާއަށް ފާޑުކިޔުން އަމާޒުވަމުންދާ މިދުވަސްވަރު ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގައި އިސްލާމީ ރީތި އަޚްލާޤާއި އުސޫލުތަކާއި ޚިލާފު ކަންކަން މަންހަޖުން ބޭރުކުރުމަށް ތަޢުލީމީ ވުޒާރާއަށް ހަނދުމަކޮށްދެއްވާ ކަމަށެވެ.

ހަތް ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވަނީ އުކުޅަހު ޕްރީ ސްކޫލުގެ ތިން ޓީޗަރެކެވެ. އެޑިއުކޭޝަނުން ބުނެފައިވަނީ އެ ޓީޗަރުން ސަސްޕެންޑް ކޮށްފައިވަނީ ތަޢުލީމީ މަންހަޖުގެ ލަނޑުދަނޑިތަކާ ދެކޮޅަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top