ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރާ މެދުރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

ކުރިއަށްއޮތް 24ގަޑިއިރުތެރޭ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މިއަދު ހެނދުނުން ފެށިގެން ހަވީރަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ، ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓު އޮފީހުން ބުނީ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިނަކީ 2 ފޫޓާ 5 ފޫޓާ ދެމެދުގައިކަމަށާއި، އުދަ އަރާފާނެ ކަމަށް ލަފާ ނުކުރާކަމަށް މެޓް އޮފީހުން ބުންޏެވެ.

ވައިގެ ބާރުމިން އާއްމުގޮތެއްގައި އުޅޭނީ ގަޑިއަކު 3 މޭލާ 18 މޭލާ ދެމެދުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 13މޭލަށް ވައި ގަދަވާނެކަމަށް މެޓުން ލަފާކުރެ އެެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ނަމަވެސް ރާއްޖޭގެ ދެކުނަށް މޫސުން ރަނގަޅުކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top