ފަނޑިޔާރުންނަށް ލިބޭ ހަދިޔާ ހަވާލުކުރަން އަންގަވައިފި

310141_3_801814ebd75421e8ab75f6d0a2517f2aefadacc4_large.jpg

ޖޭއެސްސީގެ ރައީސް ހިސާން: - ފޮޓޯ/މިހާރު

ފަނޑިޔާރުންނަށް އެކިއެކި މީހުން ދޭ ހަދިޔާތައް ބަލައިނުގަތުމަށާއި ހަދިޔާއެއް ލިބުނަސް ކޯޓުތަކާ ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެެވެ.

ޖޭއެސްސީން ނެރެފައިވާ ސާކިއުލާއެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހަވާލާދީ ބުނެފައިވަނީ ރިޝްވަތަކަށް ވެދާނެ އެއްޗެއް ފަނޑިޔާރުން ބަލައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން ތަފާތު މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމާއަތްތަކުން ފޮނުވާ ހަދިޔާތައް ވެސް ކޯޓާ ހަވާލުކުރުމަށް ސާކިއުލާގައި ފަނޑިޔާރުންނަށް އަންގާފައިވެ އެވެ.

ސާކިއުލާގައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވާ ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ހަނދާންކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top