ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ވާކަށް ދެން ނުޖެހޭނެ

IMG_20200929_123943379-1.jpg

ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭގޮތަށް އެޗްޕީއޭއިން ނިންމައިފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ޓަކައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭ އިން މިއަދުވަނީ ލުއިތަކެއް ދީފައެވެ.

ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަޙައްދަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭގޮތަށް ނިންމާފައި ވިޔަސް އެންމެ ރަނގަޅު ގޮތަކީ ދިހަ ދުވަހުގެ މުއްދަތަށް މާސްކު އަޅައިގެން އުޅުމާއި ގޭގައި އެކަހެރިވެ ތިބުންކަމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވަ އެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއިން ބޭރުން މާލެއަށް އަންނަ މީހުންގެ ތެރެއިން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 (ދިހައެއް) ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ޓެސްޓްހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށާއި އަތޮޅުތެރޭގެ ރަށްތަކަށާއި، ރިސޯޓްތަކަށް އަންނަ މީހުންނަށްވެސް މި މިންގަނޑުން ބެލޭނެ ކަމަށެވެ.

މިއާއިއެކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތް ތަކަށް ރިޒޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިޒޯޓުތަކަށް ޗުއްޓީއަށް ދާ ފަރާތަކުން ދަތުރަށް ފަށާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ދަތުރު ކުރުމަށާއި، މިގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންކަން ރިޒޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވަކިން ހަމަޖެހިފައިހުރުމާއި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މި ގައިޑްލައިނަށް ގެނައި ބަދަލުތަކާއެކު އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top