ރަށްރަށުގައި ގެދޮރު ނޭޅި ތިބި މީހުންނަށް އަމާޒުކޮށް ހިޔާވަހި ސްކީމް އިފްތިތާހުކޮށްފި

large_17307849046X6NI.jpg

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިޔާވަހި ސްކީމް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް

ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރު ނޭޅި ތިބި ފަރާތްތަކަށް %5 ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ”ހިޔާވެހި ފައިނޭންސް ސްކީމް“ އިފްތިތާހު ކޮށްފިއެވެ.

އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނާއި ގެ މަރާމާތު ނުކުރެވި ތިބި މީހުންނަށް %5 އަށް ވުރެ ބޮޑުނުވާ ގޮތަށް ލޯނު ދޫކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި ސްކީމް އިފްތިތާހުކޮށްދެއްވީ، އެކަމަށް ޓަކައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެެވެ.

މި ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ރައީސް އިފްތިތާހުކުރެއްވި ހިޔާވެހި ފައިނޭންސް ސްކީމުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެތެރެއަށް ހާއްސަ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ. މާލެއަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ލޯނު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ ތަފްސީލް މި ހަފުތާ ނިމުމުގެ ކުރިން ގެޒެޓު ކުރާނެ ކަމަށެވެ.

ސްކީމަށް އެޕްލައިކުރަންޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މި ސްކީމަށް ލޯނު ދޫކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ވަނީ ޚާއްސަ ކޮށްފައެވެ.

އެއާއެކު އުންމީދަކީ މި ސްކީމްގެ ދަށުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބި ދިރިއުޅުން ތަނަވަސްވުމުގެ ފުރުސަތު ލިބުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top