ދަރަވަންދުއާއި ކެންދޫގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީ އަށް

607e1346-7181-4f5a-91af-bed3cdefbf22.jpg

ބ. ދަރަވަންދުއާއި ކެންދޫގެ މަގު ހެދުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލު ކޮށްފިއެވެ.

މިކަމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި ދެރަށުގެ އިތުރުންވެސް ރާއްޖޭގެ 11 ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރާއި އެމްޓީސީސީ އާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެެވެ.

އެގޮތުން އއ. ފެރިދޫގައި 2.1 ކިލޯމީޓަރު، ނ. މަގޫދޫގައި 2.1118 ކިލޯމީޓަރު، ރ. އިންނަމާދޫގައި 2.6 ކިލޯމީޓަރު، ރ. ރަސްގެތީމުގައި 2.1 ކިލޯމީޓަރު، ށ. ބިލެތްފަހީގައި 2.4 ކިލޯމީޓަރު، ށ. މަގޫދޫގައި 3.2 ކިލޯމީޓަރު، ބ. ދަރަވަންދޫގައި 2.55 ކިލޯމީޓަރު އަދި ފ. ފީއަލީގައި 2.46 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކެންދޫގައި 2.4ިލޯމީޓަރު، އއ. މަތިވެރީގައި 2.3 ކިލޯމީޓަރުގެ ވެލިމަގު ހެދުމަށް ހަމަޖެހިފައިވާއިރު، ކ. ދިއްފުށީގައި ވެލިމަގާއި ތާރުމަގު ހިމެނޭހެން 2.3 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ކަނޑައަޅާފައެވެ. މި ހުރިހާ ރަށެއްގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top