ޝޯއެއް ދިނުމަށް އިޝާން އޭދަފުށްޓަށް އަތުވެއްޖެ

isna.jpg

ޑައުންޓައުން ގްރޫޕުން އިންތިޒާމް ކޮށްގެން މިރޭ އޭދަފުށީގައި ބާއްވާ މިއުޒިކް ޝޯގައި ބައިވެރިވުމަށް މޯލްޑިވިއަން އައިޑޮލްއިން ވިދާލި އަލިގަދަ ތަރި،  އިޝާން އޭދަފުޢްޓަށް އަތުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ސްޕޮންސަރކުރައްވައިގެން ބާއްވާ މިޝޯގައި އިޝާން ގެ އިތުރުން އެހެނިހެން މިއުޒިކީ ފަންނާނުންގެ ހަރާކާތްތައްވެސް ފެނިގެން ދާނެކަމަށް ޑައުން ޓައުންގެ ފަރާތުން މައުލޫމާތު ދެއެވެ.

ޑައުންޓައުންގެ ފަރާތުން އީދުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކުގެ ލިސްޓަށް އިތުރު ކުރެވުނު މިޝޯވގެ އިތުރުން ކުރިންވެސް ހަމަޖެހިފައިވާގޮތަށް މާދަމާ ރޭގެ ޝޯވ ކުރިއަށް ދާނީ މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕާ އެކުގައި ކަމަށް ޑައުން ޓައުންގެ އޮފިޝަލަކު މައުލޫމާތު ދިނެވެ. ޝޯ އޮންނާނީ ދެކުނު ފަރާތު ހިއްކި ބިމުގައި ތައްޔާރު ކޮށްފައިވާ ސްޓޭޖްގައެވެ.

އޭދަފުށީ ރައްޔިތުންނަށް ދޭ އީދު ހަދިޔާއެއްގެ ގޮތުގައި މި ޝޯވެސް ސްޕޮންސަރ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top