އޭދަފުށީ މެޖިސްޓްރޭޓް އުއްމު ކުލްސޫމްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

v8lina8agjti4e6mm9bb.jpg

އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލައެއް ބަލަން ނިންމީ ދަރަވަންދޫ ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، މައްސަލަތައް ބެލުމާ އުއްމުކުލްސޫމް ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ޖޭއެސްސީއަށް ފާހަގަކުރެވިގެންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގައި މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ނިންމި ކަމަށެވެ.

ޖޭއެސްސީގެ ރައީސަކަށް އިންނަވަނީ ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭނެވެ.

އުއްމު ކުލްސޫމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވެފައި ނުވާއިރު ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ. އަދި އަހުމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top