ދަރަވަންދޫގައި ސަރުކާރުން އަޅުއްވައިދެއްވާ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއިން މި މަސަައްކަތް އާރްޑީސީއާއި ހަވާލު ކުރީ މިއަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހެވެ. ދަރަވަންދޫގެ އިތުރުން ވެސް އިތުރު ދެރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކޮށްފައެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ދަރަވަންދޫ ދަނޑުގެ ފެން ހިންދާ ނިޒާމުގެ 90 ޕަސެންޓު މަސައްކަތް މިހާާރު ނިމިފައިވާއިރު އެ ދަނޑުގެ ވެލި ފުރޮޅުމުގެ މަސައްކަތުގެ 90 ޕަސެންޓާއި ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތުގެ 24 ޕަސެންޓު ވަނީ ނިމިފައެވެ.
ދަރަވަންދޫ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއު އާރްޑީސީ އާއި ހަވާލު ކުރީ 2.2 މިލިއަން ރުފިޔާއަށެވެ.