އޭދަފުށީ ބޮޑުބަޔަކުން ރޭ ކަރަންޓް ކެނޑުނީ މެއިން ކޭބަލެއް ހަލާކުވެގެން

IMG_20170715_162214-800x450-800x450.jpg

އޭދަފުށި އިންޖީނުގޭގެ މުވައްޒަފުންތަކެއް އިންޖީނުގޭގެ ޓެކްނިކަލް މަަސައްކަތެއްގައި. ރޭ ކަރަންޓް ކެނޑުނީ މައިކޭބަލެއް މައްސަލަޖެހިގެންކަމަށވޭ / ފައިލް ފޮޓޯ

ރޭ އޭދަފުށީގެ ބޮޑުބަޔަކުން ފަސްގަޑިއެއްހާއިރަށް ކަރަންޓް ކެނޑުނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިންކޭބަލެއް ހާލާކުވެންކަމަށް އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ކަރަންޓްކެނޑޭ މައްސަލާގައި ބ. ރީޖަނަލް މެނޭޖަރގެ ބަހެއް ހޯދުމަށް އީވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާބެހޭ މާބޮޑު ތަފްސީލެއް ނުލިބުނެވެ. ނަމަވެސް އޭދަފުށީ އިންޖީނުގެއާ ގުޅުންހުރި އިތުބާރުހުރި މައުލޫމާތުތައް ބުނަނީ ރޭ 9:30 އެހާކަންހާއިރު ރަށުގެ ހުޅަނގު ކޮޅުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެން ދިމާވީ ފަސްނަމްބަރ ފީޑަރަށް އަޅާފައިވާ 70ސްކެއާ އެމްއެމް ކޭބަލް މައްސަލަ ޖެހިގެންކަމަށެވެ.

މިކަން ހައްލުކުރުމަށްފަހު އެސަރަހައްދަށް ކަރަންޓްދެވުނީ ރޭ މެންދަމު 2:30 އޭހަކަންހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މައްސަލަޖެހުނު 5 ނަމްބަރު ފީޑަރަަށް މިވަގުތުވަނީ 120 ސްކެއަރ އެމްއެމްގެ ވަގުތީ ކޭބަލެއް އަޅާފައެވެ. ނަމަވެސް މިކޭބަލްގެ ބަދަލުގައި އާ ކޭބަލެއް އެޅުމަށް މިއަދުވެސް ފެނަކައިން މަސައްކަތް ކުރަމުންދާކަމަށްވެއެވެ.

އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ހާއްސަކޮށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މިދިޔަ އަހަރުގެ ހޫނުމޫސުމުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވުމާ ގުޅިގެން އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ އަހްމަދު އަންވަރު އޭރު ވިދާޅުވީ އިންޖީނުގޭގައި ހުރި ކެޕޭސިޓީން މިރަށަށް ފުދޭ ވަރު ނުވާކަމާއި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމުގައެވެ. އޭގެފަހުން މިދިޔަ އަހަރު 800ކވ އިންޖީނެއްވެސް އޭދަފުށީގައި ވަނީ ބަހައްޓާފައެވެ.

ކޭބަލްގެ މައްސަލައެއް ދިމާވެގެން ރޭ އޭދަފުށީ ބޮޑުބަޔަކުން ކަރަންޓް ކެނޑުނުއިރު ބ. ރީޖަނަލް އޮފީހުގެ މެނޭޖަރ އަލީ ޝަފީގް މިދިޔަ އަހަރު ފަހުކޮޅު ފެނަކަ މެނޭޖިންގް ޑިރެކްޓަރާ ބައްދަލުކުރުމަށްފަހު ވިދާޅުވީ މިއަހަރު ތެރޭގައި އޭދަފުށީ ޑިސްޓްރިބިއުޝަން ނެޓްވޯކް ހައިވޯލްޓޭޖް ކޭބަލްއަށް ބަދަލުކުރުމުގެ އުއްމީދު ބޮޑުކަމަށާ، އެކަމާބެހޭ މަޝްވަރާތައް ހިނގަމުން އަންނަކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top