އަމިއްލަފުށީގެ ފުޓްބޯލް ކޭމްޕް ފަށައިފި

DSC_9974.jpg

އަމިއްލަ ފުށީގައި އޮތް ފުޓްބޯލްޓެކްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން: މި ކޭމްޕްގައި ކުޑަކުދިންނަށް ފޯރުކޮށްދޭނީ ޕްރޮފެޝަނަލް ތަމްރީން. –ފޮޓޯ:ތޯރިގް އަބްދުއްރަހްމާން

ބ.އަތޮޅުގައި ހިންގާ އަމިއްލަ ފުށި ރިސޯޓުގެ ފަރާތުން އޮސްޓްރޭލިއާގެ “ފުޓްބޯލްޓެކް” ގެ ކޯޗުންގެ އެހީތެރިކަމާއެކު ފުޓްބޯލް ކޭމްޕެއް އިއްޔެ ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕްގައި އަމިއްލަފުށި ރިޒޯޓާއި، އެ ރިޒޯޓް ކުންފުނީގެ ދަށުން ހިންގާ ފިނޮޅުގެ އިން-ހައުސް ގެސްޓުންގެ ކުދިންގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިރީހަކަށް ދަރިވަރުން ބައިވެރިވެ އެވެ.

“އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެން އޭދަފުށީ ސްކޫލުގެ ކުދިންނަށް ދައުވަތު ދެން،” ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި އެވެ.

އެއް ރަށަކުން އެންމެ މޮޅު ކުޅުންތެރިން ހަދިޔާކޮށްފައިވާ އޭދަފުށި ކުދިންނަށް މިފަދަ ކުރު އެކަމަކު ފެންވަރު ރަނގަޅު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެލުމަކީ ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ އެވެ.

މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާއިރު ކޮންމެ ދުވަހެއްގެ ހެނދުނު އޮންނާނީ އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކޭމްޕެވެ. މެންދުރުފަހު އޮންނާނީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ބާއްވާ ސީނިއާ ކޭމްޕެވެ. ބައިވެރިވާ ހުރިހާ ކުދިންނަށް ޓީޝާޓާއި އެހެނިހެން ޓްރެއިނިން ކިޓް ފޯރުކޮށްދެ އެވެ.

“ފުޓްބޯލްޓެކް އިން ފޯކަސްކުރަނީ ޕްރޮފެޝަނަލް އަދި އާ ކަންތައްތައް ދަސްކުރެވޭނެ ފަދަ އުފާވެރި މާހައުލެއްގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ޓެކްނީކްސް ރަނގަޅުކުރުމަށް. މި ޕްރޮގްރާމް ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ ކުރީގެ ޕްރޮފެޝަނަލް ދެ ކުޅުންތެރިން ކަމަށްވާ ޖޭސަން އާއި ގްލެން ޓްރިފިރޯ،” އަމިއްލަ ފުށިން ބުނެފައިވެ އެވެ.

އަމިއްލަފުށިން ބުނީ މިއީ ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް އަމިއްލަފުށިން ހޯދައިދޭ އަގުހުރި ފުރަތަމަ ފުރުސަތުކަމާ މިއީ ފެށުމެއްކަމުގައެވެ.

މި ކޭމްޕްގައި ބ.އަތޮޅު ތައލީމީ މަރުކަޒުގެ ފަރާތުން ބައިވެރިވާ ކުދިންނަށް ރިސޯޓުގެ ފަރާތުން ޓްރާންސްފާ ހަމަޖައްސައިދެއެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top