ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

DSCN6309.jpg

އޭދަފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން - ފޮޓޯ :އީވީ

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ގޮތުން 2019 ވަނަ އަހަރު އޭ ލެވެލްއަށް ކިޔަވަން ވަނުމުގެ ފުރުސަތު އަންނަަ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އޭލެވެލްގެ އެކަޑެމިކް ސްޓްރީމް ތަކަށް ވަދެވޭނެ ޝަރުތު ތަކަކީ އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ފާސްވުމާއެކު އޯލެވެލް އިމްތިހާނުން މަދުވެގެން 3 މާއްދާއިން ފާސްވެފައިވުމެވެ. އޭގެ ތެރޭގައި ސްޓްރީމް ދެ މާއްދާ ހިމެނެން ޖެހެއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު އޭލެވެލް އަށް ފުރުސަތު ހުޅުވާލާފައިވަނީ ސައިންސް އާއި ބިޒްނަސްގެ މާއްދާތަކެވެ.

އޭލެވެލް ކްލާސްތަކުގެ ކިޔެވުން އަންނަ ފެބްރުއަރީމަހު ތެރޭ ފަށާނެކަމަށް އެސްކޫލުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top