މިނިވަން 50ގެ ބ.އަތޮޅުފުޓްބޯޅަމުބާރާތް ފަށައިފި

މިނިވަން 50ގެ އޭދަފުށި ޓީމް

މިނިވަން 50ގެ އޭދަފުށި ޓީމް

މިނިވަން50 ފުޓްބޯޅަ މުބާރާތުގައި ބ.އަތޮޅުު ތަމްސީލުކުރާ ހަމައެކަނި ދެރަށް ކަމުގައިވާ އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި ފުރަތަމަ މެޗް ރަށުން ބޭރުގައި ކުޅެ އޭދަފުށި މޮޅުވެއްޖެއެވެ.

ހިތާދޫގައި މިއަދު ކުޅުނު މެޗް އޭދަފުށި ކާމިޔާބުކުރީ 3-0ގެ ތަފާތުންނެވެ.

މެޗްގެ ފުރަތަމަގޯލް ފެށުނުތާ ދިހަ މިނިޓްވެސް ނުވަނީސް އޭދަފުށި ލަނޑެއްޖަހައި ކުޅުންތެރިންނާ ސަޕޯޓަރުންގެ ހާސްކަން ފިލުވައި ދިނެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބު ކޮށްދިނީ އާދަމް ނިޒާމެވެ.

ފުރަތަމަ ހާފް ނިމުނުގެ ކުރިން އޭދަފުށީން އިތުރު ލަނޑެއްޖަހައި މެޗްގެ ލީޑް އަތުލިއެވެ. މި ލަނޑު ޖަހައިދިނީ އޭދަފުށީ ޓީމްގެ އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ ) އެވެ.

ދެވަނަ ހާފްގައި ހިތާދޫންވެސް ރަނގަޅުކުޅުމެއް ދެއްކޭތޯ ވަރަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް އޭދަފުށީގެ ކުޅުންތެރިންގެ ދިފާއީ ބާރުތައް ފޫއަޅުވާލާފައި ލަނޑެއް ނުޖެހިއުޅެނި ކޮށް މަޖިއްޓޭގެ ތިންވަނަ ލަނޑުން އޭދަފުށި ލީޑް ފުޅާ ކުރިއެވެ.

މި މެޗްގައި އޭދަފުށީ ޓީމްގެ މޮޅުކުޅުންތެރިޔާ ސައްޓު އަށް އަނިޔާވެގެން ވަރަށް ކުރީކޮޅު ދަނޑުން ފައިބަންޖެހުންކަން ފާހަގަ ކުރެވުނެވެ.

މި މުބާރާތުގެ ދެވަނަ މެޗް އޮންނާނީ އަންނަ ހުކުރުދުވަހު އޭދަފުށީގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު