އެންމެން ހައިރާންކޮށްލި މުސްތަފާ ފުރައިފި

DSCN5914.jpg

މުސްތަފާ އޭނާގެ ބައްޕައާއެކު - ފޮޓޯ ؛އީވީ

އެއަޑަކީ ޖާދޫއެކެވެ. އޭނާގެ އަޑުން ކީރިތި ގުރުއާން ކިޔަވާ އަޑު އެހުމަކީވެސް އަޖައިބެއް ފަދަ އުފަލަކާއި ހިތްހަމަޖެހުމެއްލިބޭކަމެކެވެ. އަޑު މަޚްރަޖްގެ ރީތިކަމާ ކީރިތި ޤުރުއާން ކިޔެވުމުގައި އޭނާ ހޯދާފައިވާ ކުރިއެރުމެވެ. މިދައްކަނީ އޭދަފުށީ އެރޯވިލާ މުހައްމަދު ނަޝީދުއާއި އިންޑިއާގެ ކަނބަލަކާ ކައިވެނި ކޮށްގެން ލިބިފައިވާ ދެދަރިންގެ ތެރެއިން  އެދެމަފިރިންގެ 11 އަހަރުގެ ހަގު ދަރިފުޅު އަލްޙާފިޒް މުސްތަފާގެ ވާހަކައެވެ.

ފާއިތުވި ރަމަޟާން މަހުގެ ރޭތަކުގައި އޭނާވަނީ އޭދަފުށީ ބޮޑުމިސްކިތުގައި ތަރާވީޙް ނަމާދު އިމާމްވެ ކޮށްދެއްވުމުގެ އިތުރުން އަތޮޅުގެ ބައެއްރަށްރަށުގައާއި ރ.އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުން އެދިގެން އެރަށްރަށުގައިވެސް އިމާމްވެ ތަރާވީޙްނަމާދު ކޮށްފައެވެ. އެއަޑު މުޅި ރާއްޖެ އަށް ފެތުރުނީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. ރޯދަމަހުގެ އެންމެ ގަދަ އަޑަށްވެ އެތައް ބައެއްގެ އެދުމަށް ޕަބްލިކް ޓީވީސްޓޭޝަންތަކުން ހާފިޒް މުސްތަފާ އިމާމްވެ ތަރާވީހް ނަމާދު ކުރާ މަންޒަރު ލައިވްވެސް ކުރިއެވެ.

އެހަނދާންތައް އަހަރެންމެންނަށް ދޫކުރުމަށްފަހު މުސްތަފާ މިއަދު އޭދަފުށިން ފުރައިފިއެވެ. ވޭތުވެދިޔަ ދެއަހަރުންފެށިގެން ދިރިއުޅެމުން އައީ އިންޑިއާގައި ކަމަށްވާތީ އެނބުރި އިންޑިއާއަށް ދިއުމަށެވެ. މުސްތަފާ ބުނި ގޮތުގައި ކީރިތި ޤުރުއާންގެ އިލްމުން ދެވެން ހުރި އެނެމެ މައްޗަކަށް ދިއުމަށް ޓަކައެވެ.

މުސްތަފާ ބުނީ އޭދަފުށީގެ ރައްޔިތުންނާއި ބ.އަތޮޅާއި ރ.އަތޮޅުން އޭނާ ޒިޔާރަތްކުރި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އާދަޔާ ޚިލާފު ތަރުހީބައި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާގެ މި ވަކިވުމަކީ ދާއިމީ ވަކިވުމެއް ނޫންކަމާއި އޭދަފުށްޓަކީ އޭނާގެ ރަށްކަމުގައިވާތީ މިރަށަށް ޒިޔާރަތް ކުރުމަކީ އޭނާއަށް އަބަދުވެސް ލިބޭނެ އެންމެ ބޮޑު އުފާކަމުގައެވެ.

“އުއްމީދު ކުރަނީ އަންނަ އަހަރު ރަމަޟާން މަހުވެސް އާދެވޭނެ ކަމަށް ” ޙާފިޒް މުސްތަފާގެ ފަހު ބަހަކީމިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top