މޫސުން ގޯސްވެއްޖެ

big_PSz9pppFoRbqXIZ.jpg

ފޮޓޯ :އަވަސް.އެމްވީ

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމަށެވެ.

މިސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރޭ މޫސުމާބެހޭ ގައުމީއިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވެސް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަށް ލަފާކުރެވެއެވެ. ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެެ އެވެ.

ނަމަވެސް ދިޔަވަރު ބޮޑުވާގަޑިތަކުގައި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެއަސަރު ކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top