ބ. ކިހާދޫ (8 ފެބުރުވަރީ 2017) ކިހާދޫ ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކިހާދޫ ރައްޔިތުންނާއި، ސަރުކާރުގެ އެހީއާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަދާފައިވާ ބަދަރެކެވެ. ބަނދަރު ހެދިތާ ގިނަ ދުވަސްތަކެއް ނުވެ 2004 ވަނައަހަރު މުޅިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކިހާދޫ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އީވީގެ ފޮޓޯއިން ހަބަރުގައި މިހަފްތާ މިގެނެސްދެނީ ކިހާދޫގެ ބަދަރުގެ ހާލަތު މިހާރު އޮތްގޮތުގެ މަންޒަރުތަކެކެވެ.
ފޮޓޯއިން ހަބަރު: ކިހާދޫ ބަނދަރުގެ ހާލަތު

ކިހާދޫ ބަނދަރުގެ އެއްގަމުތޮށި ވަރަށްބޮޑަށް އަރިއަޅާލައި ވެއްޓެން ކައިރިވެފައި. މިރަށު ބަނދަރު މިހާބޮޑަށް ހަލާކުވާން މެދުވެރިވީ ސުނާމީ ކާރިސާގައި ބަނދަރަށް ލިބުނު ގެއްލުމުގެ ސަބަބުންކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ