ފޭލި ޖަމިއްޔާއިން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ފަށައިފި

image-0-02-05-e66bcafb77636ff4367205d9684fe7b677a1cc1e480bc9621403fa0de91c7a78-V.jpg

ކޭކު އަޅަން ދަސްކޮސްދޭ ކޯހުގެ ބައިވެރިންނަށް ކިޓް ހަވާލުކޮށްދެއްވަނީ ފޮޓޯ : ފޭލި

‘ފޭލި’ ޖަމިއްޔާއާއި އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސް ގުޅިގެން އޭދަފުށީގައި ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

20 މީހުން ބައިވެރިވި މި ކޯސް، އޭދަފުށީ ސައްކެޔޮގޭގައި އިފްތިތާހުކޮށްދެއްވީ މިކަމަށް ޚާއްސަކޮށްފައިވާ ހަފްލާއެއްގައި ބ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަދި ޑަބްލިޔު އޯ ބީގެ ކޯޑިނޭޓަރ ފާތުމަތު ނަސްރާއެވެ.

މި ކޯހުގައި ކިޔަވައިދެނީ އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސްގެ ކޮލިފައިޑް ލެކްޗަރަރ އިންނެވެ.

މި ކޯހާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފެލި ޖަމިއްޔާގެ ނާއިބުރައީސް މުހައްމަދު ރަޝީދު  ވިދާޅުވީ މިކޯހަށް ބ. އަތޮޅުން ލިބުނު ހީނުކުރާވަރުގެ ބޮޑު ތަރުހީބަށް ޝުކުރުވެރިވާކަމަށާއި މި ކޯހުގެ ސަބަބުން ބ. އަތޮޅުގައި ކޭކު އަޅަން ދަންނަ އެޑްވާންސް ލެވެލްގެ ބަޔަކު އުފެދިގެން ދާނޭކަމުގައެވެ. އަދި މިއީ  އެ ޖަމިއްޔާއިން ފަންނީ ބިނާކުރުމަށް ހިންގާ ކޮމްޕޯނަންޓްގެ ދަށުން މިއަހަރު ފެށި ފުރަތަމަ ކޯސް ކަމުގައެވެ.

މިކޯސް ފުރިހަމަކުރުމުން ބައިނަލް އަގްވާމީ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top