އޭދަފުށީގައި 10 ފަގީރުން. ކޮންމެ ފަގީރަކަށް ފަސްހާހެއްހާ ރުފިޔާ

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި. އީވީ ފައިލްފޮޓޯ

އޭދަފުށީގައި މިއަހަރު ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ ދިހަ މީހުން ކަމަށް ވާތީ މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި އެއިން ކޮންމެ މީހަކަށް ލިބިފައިވަނީ 4948 ރުފިޔާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ އޭދަފުށިން މިއަހަރު ފިތުރުޒަކާތް ދައްކާފައިވަނީ 2557 މީހުން ކަމަށާއި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 49486 ރ. ކަމުގައެވެ. އެހެންކަމުން ޒަކާތުގެ ފައިސާ އެ ދިހަ މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް މިއަހަރު ޖެހެނީ 4948 ރ. އެވެ.

މިދިޔަ އަހަރު އޭދަފުށީގައި 2769 މީހަކު ޒަކާތުގެ ގޮތުގައި 58،460 ރުފިޔާ ވަނީ ދައްކައިފައެވެ.

ނަމަވެސް 3,339 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށިން މި އަހަރު ޒަކާތް ދައްކާފައި ވަނީ ކުރީއަހަރަށް ވުރެ މަދުނަކަން ފާހަ ކުރެވެއެވެ.

ކައުންސިލުން ބުނީ ޒަކާތުގެ ފައިސާ ރޭގެ ނިޔަލަށް އޭގެ ހައްގުވެރިންނަށް ހަވާލު ކޮށްފައިވާ ކަމަށެވެ.

ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މައިމީހާގެ ބަނޑުގައިވާ، ފުރާނަ އެޅިފައިވާ ދަރިފުޅަށް ފިޠުރު ޒަކާތް ނެރުން ސުންނަތް ވެގެންވެއެވެ. ފިޠުރު ޒަކާތް ވާޖިބުވަނީ ޢީދު ދުވަހާއި އީދުވިލޭރޭ، ކެއުމަށްފަހު ބާކީވާ ވަރަށް ހުރުމާއެކުއެވެ. ފިތުރު ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top