ރީތިބީޗް ރިސޯޓް ވިއްކާލަން ބޭންކުން އިޢްލާންކޮށްފި

ރީތިބީޗް ރިސޯޓް. މިރިސޯޓް ވިއްކާލަން ބޭންކުން ވަނީ އިޢްލާންކޮށްފައި / ފޮޓޯ: ރީތިބީޗް ރިސޯޓް

ރީތިބީޗް ރިސޯޓް. މިރިސޯޓް ވިއްކާލަން ބޭންކުން ވަނީ އިޢްލާންކޮށްފައި / ފޮޓޯ: ރީތިބީޗް ރިސޯޓް

ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާނުދައްކައިގެން، ބ. އަތޮޅު ފޮނިމަގޫދޫގައި ހިންގަމުންއަންނަ ރީތި ބީޗް ރިސޯޓް ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިއުލާންކޮށްފިއެވެ.

ރީތިބީޗް ރިސޯޓް ވިއްކާލަން ބީއެމްއެލް އިން އިއުލާން ކުރީ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީގެ މަސްލަހަތު އޮންނަ، ފުނައްޑޫ އިން ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނަކަށް ފައިސާ ނުދެއްކުމާ ގުޅިގެންނެވެ.  ރީތިބީޗްގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ މަހައްދޫވެސް ވިއްކާލަން އިއްލާން ކޮށްފައިވެއެވެ. ރީތި ބީޗް ރިސޯޓަކީ 114 ކޮޓަރިއާއިއެކު މިހާރުވެސް ހިންގަމުން އަންނަ ރިސޯޓެކެވެ. އަދި މަހައްދޫއަކީ ރިސޯޓެއް ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ.

މަހައްދޫ ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދި ރީތިބީޗް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށައެޅުމަށް ބީއެމްއެމްގެ އިއުލާންގައި ބުނެފައިވެއެވެ.

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހި ނުދައްކާ އޮތް 117 މިލިއަން ރުފިޔާ ހޯދުމަށް މަޑިވަރު 3 ޔޮޓްވެސް ބޭންކުންވަނީ ކުރިން ވިއްކާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top