ކަރީނާއާއެކު ދަރިއަކު ހޯދަން އަދި މާ އަވަސް. ސައިފް

saif-and-kareena-wedding-pic.jpg

ކައިވެންޏަށްފަހު މިހާހިސާބަށް އައިއިރުވެސް ސައިފްއަލީޚާން އާއި ކަރީނާކަޕޫރު ފެންނަނީ ދެމަފިރިންނަށްވުރެ ބޮޑަށް ދެ ލަވްބާރޑްގެ ގޮތުގައެވެ. ހިވަނީ ކަރީނާއަކީ ސައިފްގެ ހުސްވަގުތުތައްފުރާލުމުގެ ބޭނުމުގައި ނުވަތަ އުފަލާ މަޖަލުގައި ދުވަސްތައްހޭދަކުރުމަށް ގެންގުޅޭ މީހެއްހެންނެވެ.ބަލާ މީހުންނަށް ދެމަފިރިންނަށްވުރެ ބޮޑަށް ފެންނަނީ އެގޮތުގައެވެ.

މިހެން ބުނަންޖެހެނީ ކައިވެންޏަށް މިހާ ދުވަސް ވީއިރުވެސް އެމީހުން ދަރިއަކު ހޯދުމުގެ އެއްވެސް ޕްލޭނެއް  ކުރެވިފައި ނެތުމެވެ. ނުވަތަ އެކަމަށް ސައިފްގެ އެއްވެސް ޝައުޤުވެރިކަމެއް ނެތުމެވެ. މިކަމާ ގުޅޭ ގޮތުން ރިޕޯޓަރަކު ސުއާލު ކުރުމުން ސައިފް ބުނީ “މިހާރު އަހަރެމެން މިއުޅެނީ އަހަރެމެންގެ އަމިއްލަ ދިރިއުޅުމުގައި ވަރަށްބޮޑަށްއިންވޯލްވެގެން. ކުއްޖަކުހޯދައިގެން އެކަމަށް ވަގުތުދިނުމަށްވުރެމިވަގުތު މުހިންމުވަނީ އަމިއްލަދިރިއުޅުން އުފަލާއެކު ހޭދަކުރުން. “

ކަރީނާގެ ކުރިން ސައިފްއަށްވަނީ އެކްޓަރެސް އަމްރީތާސިންގއާއި ކައިވެނިކޮށް ދެކުދިން ލިބިފައެވެ. މިއީ ސައިފް އިތުރު ކުއްޖަކު ހޯދަން ބޭނުންނުވާ ސަބަބަކަށް ވެދާނެބާއެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top