ހިތާދޫ ހިދާ ޖަމްއިއްޔާއިން 65000ރގެ މަތީތައުލީމް ސްކޮލަރޝިޕެއް

0_1379310457130821133720_89_news.jpg

ބ. އަތޮޅު ހިތާދޫ އަމިއްލަ ޖަމްއިއްޔާއެއްކަމަށް ހިތާދޫ އައިލެންޑް ޑިވެލޮޕްމެންޓް އެސޯސިއޭޝަން “ހިދާ” ޖަމްއިއްޔާއިން 65000 ރުފިޔާއަށްވުރެ އަގުބޮޑު މަތީތައުލީމްގެ ސްކޮލަރޝިޕް ފުރުސަތެއް އާންމުކޮށް ހުޅުވާލައިފިއެވެ.

މިހަފްތާތެރޭގައި ހިދާއިން ނެރުނު އިޢްލާންގައިވަނީ މިސްކޮލަރޝިޕަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ހިންގާ “ބެޗްލަރ އޮފް އާޓްސް ދިވެހި ލޭންގްއޭޖް” ކޯހަށް ހުޅުވާލެވޭ ފުރުސަތެއްކަމަށެވެ. އެޖަމްއިއްޔާގެ ހިންގާކޮމެޓީގެ މެންބަރު އިބްރާހީމް ހާރޫނު އީވީއަށް ވިދާޅުވީ ހިތާދޫގެ އާންމު ފަރާތެއްގެ އެހީގައި ހުޅުވާލި މިފުރުސަތަކީ ހިތާދޫ ސްކޫލްގައި ދިވެހި ކިޔަވާދޭ ސާނަވީ މުދައްރިސަކު ނެތުމުން އެކަން ހަމަޖެއްސުމަށްޓަކައި ކުރިޔަށްގެންދާ ޕްރޮޤްރާމެއްކަމަށެވެ. އޭނާ ވިދާޅުވީ މިފުރުސަތު އޮތީ ހަމައެކަނި ހިތާދޫ ރައްޔިތުންނަށް އެކަނި ނޫންކަމަށެވެ.

“ހަމަ އާންމުކޮށް ހުޅުވާލެވިފައި މިއޮންނަނީ. އަޅުގަނޑުމެން މިކޯސް ހުށައަޅާ ފަރާތަށް މިދެނީ ބޮންޑެއް ހިތާދޫ ސްކޫލްގައި މަސައްކަތް ކުރަންޖެހޭ. އެއީ ޝަރުތަކަށް ވާނީ. ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ ސްކޮލަރޝިޕްގެ ތެރޭގައި 3 އަހަރު ދުވަހުގެ ކޯހުގެ ފީއާ، ލިވިންގް އެލަވަންސް ހިމެނިފައިވާ ކަމަށާ، ޖުމްލަ ހަރަދު 65000ރ އަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށެވެ. މިސްކޮލަރޝިޕަށް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 15ގެ ނިޔަލަށް ހިދާއިން ވަނީ ހުޅުވާލާފައެވެ.

1300 އެއްހާމީހުންގެ އާބާދީއެއް އޮންނަ ހިތާދޫ ހިދާ ޖަމްއިއްޔާއަކީ 2008 ވަނައަހަރު އެރަށު ޒުވާނުން އުފައްދައި ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެޖަމްއިއްޔާއިން މިދިޔަ ދުވަސްތަކުގައި ތަފާތު ހަރަކާތްތައް އެރަށުގައި ހިންގާފައިވެއެވެ. ހިދާގެ އިތުރުން އެރަށުގައި ހިތާދޫ ޔޫތް ވިންގް ނަމުގައިވެސް ޖަމްއިއްޔާއެއް ހިންގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top