އިއްޔެ އެންމެ ވައިގަދަވީ ދަރަވަންދުއަށް

DSCN7576.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިަގއި އިއްޔެ އެންމެ ވައި ގަދަވީ ބ. ދަރަވަންދުއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓްއޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ދަރަވަންދުއަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވިއެވެ.

ކުރިއަށްއޮތް ފަސް ދުވަސްވެސް ވައިބާރުވެ ކަނޑު ގަދަވާނެކަމަށް މެޓުން ލަފާކުރައްވާފައިވާއިރު އޭދަފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާ އޭދަފުށީ ސްޕީޑް ފެރީތަކުގެ ދަތުރުތައް ވެސް ވަނީ ހަފްތާގެ ނިޔަލަށް މެދުކަނޑާލާފަ އެވެ.

މެތްއޮފީހުންވަނީ ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައްވެސް އާއްމު އާންމު ކޮށްފައެވެ. އެގޮތުން ސ. ގަމަށް ފާއިތުވި 24 ގަޑިއިރު 59 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ހއ. ކެލާއަށެވެ. އެއީ 51.5 މިލިމީޓަރުގެ ވާރޭއެވެ.

ރާއްޖެއަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯހެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top