މިލިޔަން ޑޮލަރުގެ އަގުބޮޑު ފޯނެއް!

pic.jpg

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ފޯނަކީ ކިހާ މުހިއްމު ފޯނެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ އިނގެރޭސިވިލާތުގެ ލަންޑަންގައި ހުންނަ ގަހަނާ އެއްޗެހި ތައްޔާރުކުރާ އަލްކެމިސްޓް އެޖެންސީން ތައްޔާރުކުރި މި އައި ފޯނުގައި 24 ކެރެޓް ރަން އަދި 700 އަށްވުރެ ގިނަ ޑައިމަންޑް އެތިކޮޅުކޮޅު އެކުލެވިގެންވެއެވެ. ހަމައެކަނި އެޕަލް ލޯގޯ ތައްޔާރުކުރުމަށްވެސް 50 އަށްވުރެ ގިނަ ޑައިމަންޑްސް ބޭނުންކުރިއެވެ.

ފޯން ޑިޒައިން ކުރުމުގައި 7 މަހަށްވުރެ ގިނަދުވަސް ނަގާފައިވެއެވެ. އަދި މި ފޯނު ޑިޒައިން ކުރުމުގައި  ކޮންމެ ބައެއްވެސް އަތުން ހަދާފައިވާ މި އައި ފޯންގެ އަގު 1 މިލިއަން ޑޮލަރަށް ވުރެއް މައްޗަށް އަރާނެކަމަށް އަލްކެމިސްޓްއިން ވާހަކަ ދެއްކި މީހަކު އިނގެރޭސިވަލާތުގެ ޑެއިލީ މެއިލް ނޫހަށް ކިޔައިދިނެވެ.

އަލްކެމިސްޓް އެޖެންސީން ހާމަކުރިގޮތުގައި އެމީހުން އެމީހުން މިފަހަރު ހެދީ މީގެ ދެ ފޯނެވެ. އަދި ލިބޭ އޯޑަރުތަކަށް މީގޮތަށް ފޯނު ޑިޒައިން ކޮށްދޭނެކަމަށްވެސް ހާމަކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top