ނުނިދެނީތަ؟

gallery_image_not-sleeping-enough_EF1A.png

(އައިޝާ)   ނިންޖަކީ ކޮންމެ އިންސާނަކަށްވެސް ބޭނުންވާނެ އެންމެ މުހިއްމު އެއް ކަންތަކެވެ. ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ރޭގަނޑުގެ ނިދި ހަމައަށް ނުލިބުމަކީ އަނެއް ދުވަހު މީހާގެ މޫޑު ޚަރާބުވެ ރުޅި އިސްކުރެވޭ ގޮތް ވާކަމެއްވެސް މެއެވެ. ރޭގަނޑު ނުނިދާ ހުރެ ދުވާލުގަޑީގައި ނިދުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިންސާނާގެ ތަބީއަތާ ޚިލާފު ކަމެކެވެ. ނުބައި އާދައެކެވެ.

އިންސާނާގެ ހަށިގަނޑަކީ އިންޖީނެއްގެ މިސާލުގައި ވިސްނާނަމަ އިންޖީނަށްވެސް އަރާމު ދިނުމުގެ ގޮތުން ހުއްޓާލާފައި ބަހައްޓަން ޖެހެ އެވެ. އެގޮތަށް އިންސާނާގެ ހަށިގަނޑުގެ މަސައްކަތް ކޮންމެ 24 ގަޑި އިރަކުން އެއްފަހަރު ހުއްޓާލަން ޖެހެ އެވެ. އެއަށް މިކިޔަނީ ނިދުމެވެ.

ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ނޫނީ އެހެން ސަބަބަކާ ހެދި ކަމަށްވިޔަސް ރޭގަނޑު ރަނގަޅަށް ނުނިދޭ ގޮތް ދިމާވެއެވެ. އެފަދަ ހާލަތްތަކުގައި މިދަންނަވާ ކަންކަމާމެދު ސަމާލުވުމަށް ކަމާބެހޭ އިލްމުވެރިން ލަފާ ދެއެވެ.

1 ކެފެއިން ހުންނަ ތަކެތި ބުއިމުން ދުރުވުން

ދުނިޔޭގެ އާބާދީގެ 90 އިންސައްތަ މީހުން ކެފެއިން ބޭނުން ކުރެއެވެ. ކެފެއިން އަކީ ގިނަ ފައިދާތަކެއްވެސް ހުރި އެއްޗެކެވެ. އެހެންނަމަވެސް ރޭގަނޑު ކެފެއިން ހުންނަ ތަކެތި ބޭނުން ކުރުމުން ނިދަން އުނދަނގޫވެދާނެ އެވެ.  ފަހުގެ ދިރާސާ ތަކުން ދައްކަނީ ރަނގަޅަށް ރޭގަނޑު އަރާމުކޮށް ނިދާލަން ބޭނުންނަމަ ނިދުމުގެ ހަ ގަޑި އިރު ކުރިން ކެފެއިން ހުންނަ ބުއިން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

2 ދުވާލު ގިނައިން ނިދުން

މެންދުރު ފަހު ނިދިބޮޅެއް ޖަހާލުމަކީ އެކަމުން ސިއްހަތަށް ފައިދާ ކުރާ ކަމެކެވެ. ގިނަމީހުންގެ ރަނގަޅު އާދައެއްވެސް މެއެވެ.  ދިރާސާއިން ވެސް ދައްކަނީ ދުވާލު 30 މިނިޓް އިރު ނިދުން އެންމެ ރަނގަޅު ކަމުގައެވެ. އެހެންނަމަވެސް ދުވާލު ގަޑީގައި ގިނައިން ނިދުމުން ހަށި ގަޑަށް ލިބޭ އަރާމުގެ ބަދަލުގައި އެއީ ނުރައްކާތެރި ކަމެއްކަމަށެވެ.

3 ނިދުމުގެ ކުރިން ފެންވެރުން

ރަނގަޅަށް ނިދާލަން ބޭނުންވާނަމަ ނިދުމުގެ 90 މިނިޓް ކުރިން ފެންވާރާލުމަށް ލަފާ ދެއެވެ. ޚާއްސަކޮށް ދުވަސް ވީ މީހުންނެވެ. އޭރުން ދުވާލުގެ ވަރުބަލި ކަން ފިލައި  ހަށިގަނޑަށް އަޖައިބެއް ފަދަ  އަރާމުކަމެއްވެސް ލިބޭނެ އެވެ.

4 ފިކުރުތަކުން ހަށިގަނޑު ހުސްކުރުން

ނިދަން އޮށޯވެ، މާޒީ ގެ ހިތާމަވެރި އަދި ދެރަވާ ހާދިސާގެ މަތިން ހަނދާން ކޮށް އެ މާޒީއާކު  އެމީހާވެސް ދުރަށް ދެއެވެ. ހަމައެއާއެކު ނިދިވެސް އެމީހާ އާއއާ ދުރަށް ދެއެވެ. ރަނަގޅު ގޮތަކީ ފިކުރުތަކުން ޚިޔާލު ހުސްކުރުމެވެ. ނުވަތަ ކުރެވިފައި ހުންނަ މަޖާ ކަންތަކާ އުފާވެރިކަންތައް ޚިޔާލުގައި ގެންގުޅުމެވެ. އޭރުން ވަރަށް އަވަހަށް ނިދި އަންނާނެއެވެ.  އާމެދު ފިކުރު ކުރުމާ

ނިދާގަޑީގެ ކުރިން ދިޔާ އެއްޗެތި ބުއިން

ނިދާ ވަގުތާ ދިމާކޮށް ދިޔާ އެއްޗެތި ބުއިމުން އަވަސް އަވަހަށް ކުޑަކަމުދާން ތެދުވުމުން ނިންޖަށް އެކަމުގެ އަސަރު ކޮށްފާނެއެވެ. ވީމާ ނިދާވަގުތު ކައިރި ވުމުން ދިޔާ އެއްޗެތި ބުއިމަކި ނިންޖަށް އޭގެ ގެއްލުން ކުރާނެ ކަމެއްކަމަށް ބުނެފައިވެ އެވެ. އެންމެ މަދުވެގެން ނިދުމުގެ 2 ގަޑި އިރު ކުރިން ދިޔާ ތަކެތި ބުއިން ހުއްޓާލުން ރަނގަޅުވާނެ އެވެ.

މި ނޫނަސް ރޭގަނޑުގެ ނިންޖަށް ހުރަސް އެޅޭ ކަންތައްތައް ހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top