ގްރޫޕްގެ އެއްވަނައަށް އޭދަފުށި

12439147_543911149109838_7996467281030100853_n.jpg

މިއަދުގެ މެޗު ނިމުމުން އޭދަފުށީގެ ކުޅުންތެރިން އުފާފާޅުކުރަނީ . ފޮޓޯ : އީޓީ

މިނިވަން50 ފުޓްބޯލަ މުބާރާތުގެ ތިންވަނަބުރުގައި މިއަދު އޭދަފުއްޓާ ފޯކައިދޫ ބައްދަލުކުރި މެޗު 3-0ން ފޯކައިދޫ ބަލިކޮށް އޭދަފުށި ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.

ކުޅުދުއްފުށި ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު މި މެޗު އޭދަފުށި ކުޅެފައިވަނީ އޭދަފުށީގެ އަސްލު ފެންވަރުގައިކަން ކުޅިބަލަން ތިބި ގިނަބަޔަކު ފާހަގަކުރިއެވެ.

މެޗުގެ ފުރަތަމަލަނޑު ޖަހާފައިވަނީ 21ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމެއް ކާމިޔާބު ކޮށްގެންނެވެ. މި ލަނޑު ޓީމަށް ޖަހައިދީފައިވަނީ ސޮބީއެވެ. މި ލަނޑާއެކު ފޯކައިދޫ ޓީމުންވެސް ލަނޑެއްޖަހައި ނަތީޖާހަމަހަމަކުރުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭދަފުށީ ގެ ދިފާއު ފޫއަޅުވާލެވޭ ވަރުގެ ހަމަލާއެއް އެޓީމަށް އުފެއްދިފައެއްނުވެއެވެ.

އެއްވެސް ހާސްކަމެއްނެތް މި މެޗުގެ ދެވަނަ ލަނޑު އޭދަފުށިން ޖަހާފައިވަނީ 70ވަނަ މިނިޓުގައެވެ. ސައްޓުގެ މި ލަނޑާއެކު ދަނޑަށްވަދެތިބި ދެހާހާ ގާތްކުރާ އަދަދެއްގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމައިގަތެވެ. އެއަޑު ރަނގަޅަށް ނުކެނޑެނީސް މެޗު ނިމެމުންދަނިކޮށް ނަތީޖާ 3-0 އަށް ބަދަލުކޮށްލީ އޭދަފުށީގެ އިތުބާރު ފޯވަރޑް އަޖްފާންއެވެ.

މެޗު ބަލައިލަން އޭދަފުށީގެ ގިނަބަޔަކުވަނީ ކުޅުދުއްފުއްޓަށް ގޮސްފައެވެ.

މިމުބާރާތުގެ ސެމީފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައެވެ. ސެމީފައިނަލުގައި އޭދަފުށި މިމަހުގެ 22ގައި ބައްދަލުކުރާނީ ފަރެސްމާތޮޑާއާއެވެ. ދެވަނަ ސެމީގައިބައްދަލުކުރާނީ ފޯކައިދޫ އާއި ފޭދޫއެވެ. އަދި ތިންވަނަ ހޮވާ މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 26 ވަނަ ދުވަހުއެވެ.

މި މެޗުތައް ޓީވީއެމް އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top