”ޔޭހޭ މުހައްބަތޭން”ގެ ދިވްޔަންކާ އެންގޭޖްވެއްޖެ

divyanka-story_647_011716113919.jpg

ދިވްޔަންކާއާއި ވިވެކް އެންގޭޖްމަންތް ރަސްމިއްޔާތުގައި. ފޮޓޯ : އިންޑިއާ ޓައިމްސް

ޓެލެވިޜަން ކްއީންގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވްޔަންކާ ތްރިޕަތީ، އެކްޓަރ ވިވެކްދާހިޔާ އާއި އެންގޭޖްވެއްޖެއެވެ. ސްޓާރޕްލަސްއިން ދައްކަމުންގެންދާ ޑްރާމާ ‘ޔޭހޭ މުހައްބަތޭން “ގައި ލީޑް ރޯލު ކުޅެމުންދާ ދިވްޔަންކާ( އިޝީތާ ) ވިވެކް (ހަމަ އެޑްރާމާގައި އުޅޭ އޭސީޕީ އަބީޝޭކް) އާއި އެންގޭޖްވެފައިވަނީ މިމަހު 15ގައި ހަމައެކަނި އާއިލީ މެންބަރުން ބައިވެރިވާ ކުޑަ ރަސްމިއްޔާތެއްގައެވެ.

ވަރަށް ފަހުން ވިވެކް އިންޑިއާ ޓައިމްސްއާ ވާހަކަދައްކަމުން ބުނެފައިވަނީ އެމީހުން ގުޅިގެން އުޅެނީ ވަރަށް ލޯބިންކަމަށާއި ދިވްޔަންކާގެ މާޒީގައި އަތްފުނާއަޅައިގެން ކަންކަން ހޯދުމަކީ ބޭނުންހުރި ކަމެއްނޫންކަމުގައެވެ. އަދި ބޭނުންވަނީ ދިވްޔަންކާއާއެކު އެމީހުންގެ ލޯބި ދެވަނަ ލެވެލްއަށް ގެންދިއުން ކަމުގައެވެ.

ދިވްޔަންކާވަނީ ވިވެކް އާ އެންގޭޖްވެފައި މިވަނީ ޓީވީ ސްޓާރ ޝްރަދް މަލްހޯތްރާއާއި ރައްޓެހިވެގެން  ގިނަދުވަސްތަކަކު އުޅުމަށްފަހުއެވެ. އެމީހުން ބްރޭކްއަޕް ވުމަށްފަހު ދިވްޔަންކާގެ ހަލާކުވެފައިވާ ހިތަށް ފަރުވާ ކޮށްދިނީ ވިވެކްއެވެ.

ދިވްޔަންކާ ބުނީ އެދެމީހުން ތައާރަފްވެފައިވަނީ ދެ ރައްޓެހިންގެ ގޮތުގައި ނަމަވެސް އެކަން މިދިޔަ އަހަރުގެ އޯގަސްޓުން ފެށިގެން ބަދަލުވެފައިވާކަމުގައެވެ. އަދި އެހިސާބުން  ދެމީހުން އެކުގައި ޝޫޓިންގ ގައި ބައިވެރިވެ ދުވަހުން ދުވަހަށް ދެމީހުންގެ ގުޅުމާއި އިތުބާރު ބޮޑުވެގެން ދިޔަކަމުގައެވެ. އަދި މިހިސާބަށް އައިއިރު އަހަރެމެން ދެމީހުންވެސް މިވަނީ އެކަކު އަނެކަކުދެކެ މޮޔަވާވަރަށް ލޯބިވެފައި ކަމުގައިވެސް ދިވްޔަންކާ ބުނެފައި ވެއެވެ.

މިދެމީހުންގެ ކައިވެނީގެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް މިއަހަރުގެ ތެރޭގައި ކައިވެނި ކުރާނެކަމަށް ވިވެކް ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top