ދުނިޔޭގެ އެންމެގިނަ ދުވަސްވީ ބުޅާ 24 އަހަރުގައި މަރުވެއްޖެ

ޕޮޕީ 24 ވަނަ އުފަންދުވަހުގެ ކޭކާއެކު

ޕޮޕީ 24 ވަނަ އުފަންދުވަހުގެ ކޭކާއެކު

“ޕޮޕީ” ގެ ނަމުން ނަން ދެވިފައިވާ ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ބުޅާ އުމުރުން 24 އަހަރުގައި މަރުވެއްޖެ އެވެ.

1990 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދުނިޔެއަށް އުފަންވި ޕޮޕީ މަރުވެފައި މިވަނީ ގިނިސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދިތާ މަހަކަށްވުރެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ބުޅާގެ ލަގަބު މި ބުޅާއަށް ލިބިފައިވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.

އަންހެން ވައްތަރުގެ މި ބުޅާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު އެވެ. އެގޮތުން އެސޮރުގެ ފައިގެ މައްސަލަ ޖެހި، ހެލިފެލިވެ އުޅުމަށް ދަތިވިއިރު ވޯޓާރ އިންފެކްޝަނެއްގެ މައްސަލަ ވެސް ކުރިމަތިވެފައިވެ އެވެ.

މި ބުޅާ ގެންގުޅުނު ވެރިފަރާތުން ބުނީ ބުޅާ މަރުވީ ހަފްތާއެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށާއި ބުޅާ މަރުވުމާއި ގުޅިގެން ގޭގެ ގާޑެންގައި މިހާރު ވަޅުލާފައިވާ ކަމަށެވެ.

“އަހަރުމެން މިހާރު އެ ބުޅާ ވަނީ ވަޅުލާފަ ގާޑެންގައި، އެއީ އަހަރުމެން މީގެކުރިން ގެންގުޅުނު ޕެޓްތައް ވެސް މަރުވުމުން ވަޅުލި ތަން.” އޭނާ ބުންޏެވެ.

ޕޮޕީއަށް އެންމެ އުމުރުން ދުވަސްވީ ބުޅާގެ ލަގަބު ލިބިފައިވަނީ އެ ލަގަބު އޮތް “ޕިންކީ” އުމުރުން 23 އަހަރުގައި މަރުވުމާއި ގުޅިގެންނެވެ. ޕިންކީ މަރުވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top