ޖަމިއްޔަތުލް ވަފާގެ ގޭގައި ހިތާނީ ކޭމްޕެއް ބާއްވަނީ

74183648_2303895259920654_6422283611529019392_n.jpg

ވަފާ ޖަމިއްޔާ ގޭގައި ބާއްވާ ހިތާނީ ކޭމްޕަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --ފޮޓޯ :އެފް ބީ

އޭދަފުށީ ޖަމިއްޔަތުލް ވަފާގެ ގޭގައި މިމަހު ފަހުކޮޅު ހިތާނީ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ވަފާ ޖަމިއްޔާއިން ބުނީ މިއީ ޖަމިއްޔާގެ އާއްމު ބައެއް މެމްބަރުން އިސްނަގައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމެއް ކަމަށެވެ. މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިކޭމްޕް ކުރިޔަށްދާނީ ޖަމިއްޔާގެ ގެ ‘އައްޑަނަ ‘ އިގެ ހޯލްތެރޭގައެވެ.

ވަފާ ޖަމިއްޔާގެ ޗެއާމަން އަހްމަދު އަންވަރު އީވީއާ ވާހަކަދައްކަމުން ބުނީ ޖަމިއްޔާގެ އާއްމު މެމްބަރުން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތަށް ފަންޑު ހޯދާނީ އެފަރާތުން ކަމަށާ، ޖަމިއްޔާ ގޯއްޗާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭނީ ހިލޭކަމަށެވެ.

“ވަރަށް މާތް މަގުސަދެއްގައި އާއްމު މެމްބަރުން ކޮޅެއް އިސްނަގައިގެން ކުރިޔަށްގެންދާ ހަރަކާތެއްމީ. އެމީހުން ހަރަދުކުރާނީވެސް. ޖަމްއިއްޔާއިން މިކަމަށް ދެވެން އޮތް އެހީތެރިކަމެއް ދޭނެ. އިމާރާތާއި، އެހެނިހެން ވަސީލަތްތައް ހިލޭ ފޯރުކޮށްދޭނެ.” އަންވަރު ބުންޏެވެ.

އަންވަރު ބުނީ ކޭމްޕްގައި ދިހަވަރަކަށް ކުދިން ހިތާނު ކުރާނެކަމަށާ، އެކަމަށްޓަކައި ޖަމިއްޔާގެ ގެ ޒީނަތްތެރިކޮށް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު