އޭދަފުށީގައި ކުޑަކުދިންގެ ހިޔާ ގާއިމުކުރަނީ

large_146308079415Ud6s.jpg

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" -- ސަން ފޮޓޯ

އަންނަ އަހަރަށް ޕްލޭން ކޮށްފައިވާ އިޖުތިމާއި ރައްކާތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރޭގައި އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި އެވެ.

އިއްޔެ މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓުގައި އިސްކަން ދީފައި ވާނީ ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމަށް ކަމަށެވެ.

އެގޮތުން އޭދަފުށީގައި ގާއިމު ކުރަން ނިންމާފައިވާ ‘ކުޑަކުދިންގެ ހިޔާ’ އަށް އަންނަ އަހަރުގެ ބަޖެޓުގައި 1.97 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އަދި 2021 ގެ ބަޖެޓުގައި 7.39 މިލިއަން ރުފިޔާ އާއި 2022 ވަނަ އަހަރުގެ ބަޖެޓުގައި 492،500 ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ސަރުކާރުގެ ފަރާތުން މިހާރު ކުދިން ބަލަހައްޓަމުން ގެންދަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.

އޭދަފުށީގައި ކުޑަކުދިންގެ ހިޔާއެއް ގާއިމުކުރުމުގެ އިތުރުން، އައްޑޫ ސިޓީގައިވެސް ކުޑަކުދިންގެ ހިޔާ އެއް ގާއިމުކުރުމަށް ބަޖެޓުގައި ހިމަނާފައި ވެއެވެ.

އަންނަ އަހަރަށް ހުށަހަޅައިފައިވާ ބަޖެޓުގައި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 3.10 ބިލިއަން ރުފިޔާ ހިމަނައިފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top