ސަލްސާ އިންވެސްޓްމެންޓަށް ގޯލްޑް 100 އެވޯޑް ލިބިއްޖެ

DSC0115-1024x681-1-800x460-800x460.jpg

އޭދަފުށީގައި ހުންނަ ސަލްސާރިޓްރީޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ،ސަލްސާގެ ސީއީއޯ އިބްރާހީމް އާމިރު، ބައްޕ އަބްދުލްޣަނީ އާއެކު -އީވީ ފައިލް ފޮޓޯ

އެންމެ ކާމިޔާބު ވިޔަފާރިތައް ފާހަގަކޮށް އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ގޯލްޑް 100ގެ އެވޯޑް ސަލްސާ އިންވެސްޓްމަންޓަށް ލިބިއްޖެއެވެ.

ސަލްސާއަށް މި އެވޯޑް ލިބިފައިވަނީ ބުރާސްފަތިދުވަހުގެ ރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި ގޯލްޑް 100 އެވޯޑް ދިނުމަށް ބޭއްވި ރަސްމީ ހަފްލާގައި ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިންއެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްއިން ކުރިއަށް ގެންދާ އިވެންޓެކެވެ.

މިއަހަރު ގޯލްޑް100އެވޯޑް ލިބުނު އޭދަފުއްޓަސް ނިސްބަތްވާ ދެބޭފުޅުން. ނަޒީރު، އިބްރާހީމް އާމިރު

ސަލްސާ އިންވެސްޓްމެންޓަށް ގޯލްޑް 100 އެވޯޑް ލިބިފައިވާ އިރު 2002ވަނަ އަހަރުން ފެށިގެން ސަލްސާ ގެ ފަރާތުން އަންނަނީ އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓްތައް މާލޭގައި ހިންގުމުގެ އިތުރުން އަތޮޅުގެ ރަށްތަކުގައިވެސް މި ވިޔަފާރި ހިންގަން ފަށާފައެވެ. އެގޮތުން އޭދަފުށީގައި ހިންގާ ސަލްސާ ރޯޔަލް ގެ އިތުރުން ސަލްސާގެ ކުޑައިގެ ދަށުން ތުލުސްދޫގައިވެސް ދަނީ ސަލްސާގެ ރެސްޓޯރެންޓެއް ހިންގަމުންނެވެ.

ސަލްސާ ރެސްޓޯރެންޓްތަކުގެ އެންމެ ޚާއްސަ ސިފައެއްގެ ގޮތުގައި އާއްމުން ފާހަގަކުރަނީ އެންމެ އާދައިގެ ފެންވަރުން ފެށިގެން އެންމެ މަތީފެންވަރަށްވެސް ޚިދުމަތް ދެވެން ހުންނަ ތަންތަނަށްވުމުގެ އިތުރުން އަގުވެސް އަތްފޯރާފަށުގައި ލިބެން ހުންނަ ތަންތަނުގެ ގޮތުގައެވެ.

ސަލްސާގެ ހިންގުންތެރި ސިއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އާމީރުއަށް މި މުނާސަބަތުގައި އީވީގެ ފަރާތުން ހެޔޮ އެދުމާ ތަހުނިޔާ ރައްދުކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top