ޕީޕީއެމްގެ ރައީސްކަމަށް ރައީސް ޔާމީން ، ނައިބު ރައީސަކަށް އާޒިމާ

HijbwyxLgV.jpg

މިއަދު ކުރިއަށްދާ ޕީޕީއެމް ގެ ކޮންގްރެސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި ނައިބު ރައީސަކަށް އާޒިމާ ޝަކޫރު މިއަދު އިންތިޚާބު ކޮށްފިއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތީ މިހާރު ކުރިޔަށްދާ އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު އެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި އަންހެން ބޭފުޅަކީ އެކަމަނާ ކަމަށްވާތީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ވޯޓެއް ނުނަގައެވެ.

މިއަދު މާލޭގައި ކުރިއަށް ދާ ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ބައެއް ޤަވާއިދުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޕާޓީގައި ހަތަރު ނައިބު ރައީސުން ތިބެން ޖެހޭ ގޮތަށް އިސްލާހެއް ފާސްކޮށްފައި ވާއިރު، ހަތަރު ނައިބުންގެ ތެރެއިން އެއް ބޭފުޅަކީ އަންހެން ބޭފުޅަކަށް ވާން ޖެހޭކަމަށް އިސްލާހުގައި ވެއެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު ކަމަށް އިންތިޚާބު ކުރި އަނެއް ތިން ބޭފުޅުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ރައީސް ޔާމީނުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ކުރި ހޯއްދެވުމާއި ގުޅިގެން ޕީޕީއެމުން ވަނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top