ދިރާގު ރޯދަ ހަދިޔާ: ދިރާގު ފައިބާ ޕެކޭޖްތަކަށް 50 އިންސައްތަ އިތުރު ޑޭޓާ

0da3e490-8361-42fb-896d-32dfc0c2bd8e-1536x968.jpeg

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް 50 އިންސައްތަ އިތުރު ޑޭޓާ ލިބޭ ގޮތަށް ދިރާގުގެ މި އަހަރުގެ ރޯދަ އޮފާތައް ލޯންޗްކޮށްފިއެވެ.

ދިރާގުން ބުނީ ރޯދަ މަސް ތެރޭގައި ދިރާގުގެ ހުރިހާ ފައިބާ ބްރޯޑްބޭންޑް ރެޒިޑެންޝަލް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާ މި މަހުގެ ނިޔަލަށް ލިބިގެން ދާނެ ކަމަށެވެ. މިއީ ދިރާގުން އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ރޯދަ މަސް ތެރޭގައި ދީނީ ޕްރޮގްރާމްތަކާއި، އެންޓަޓެއިންމެންޓް ޕްރޮގްރާމްތަކާއި، ރޯދަ ވީއްލާ ގަޑިއަށް ހާއްސަ ރެސިޕީތައް ބަލާލަން ދިން ހާއްސަ އޮފާއެކެވެ.

މީގެ އިތުރުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާރތަކެއް ރޯދަ މަހަށް ތައާރަފް ކޮށްފައި ވެއެވެ. އެގޮތުން ދިރާގު އެޕް މެދުވެރިކޮށް 100އިންސައްތަ އިތުރު ޑާޓާ، ކަސްޓަމަރުންނަށް ހަދިޔާގެ ގޮތުގައި ލިބިގެން ދިއުމާއި، ސަޅި ޕްރިޕެއިޑް ކަސްޓަމަރުން ކޮންމެ މަންތްލީ ޕްލޭނެއް ނެގި ކަމުގައިވިޔަސް، ކޮންމެ ހަފްތާ ބަންދެއްގައި ހިލޭ ދެ ޖީބީ ޑޭޓާ ލިބުމާއި، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމިއްލަ ވޮއިސް ޕްލަސް އިން 50 އިންސައްތަ ޑިސްކައުންޓް ލިބުން ހިމެނެއެވެ.

އަދި ރޯދަ މަހަކީ ޓީވީ ބަލާ މީހުން އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަކުރެވޭ މަހަކަށްވުމުން، ދިރާގު ޓީވީން ވަނީ މިހާރުގެ ކަސްޓަމަރުންނަށް އިތުރު ޗާޖަކާއި ނުލާ އިތުރު ޗެނަލްތައް ހިލޭ ބެލޭނެ ގޮތް ހަމަޖައްސައިދީފައެވެ. އަދި ހުރިހާ ކަސްޓަމަރުންގެ ތެރެއިން “ގޯލްޑް ޕެކް” ގައިވާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ރޯދަ ވީއްލުމުގެ ޕެކޭޖެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިރާގުން މި އަހަރުވެސް ވަނީ ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތް ހަމަޖައްސާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top