ރޯދަމަހު މުދަލުގެ އަގު ހެޔޮކުރަން ހުކުރު ޚުތުބާގައި ވިޔަފާރިވެރިންނަށް ނަސޭހަތް ދީފި

DSCN9428-800x468-800x468-800x468-800x468.jpg

އޭަދަފުށި މަސްޖިދުއް ސުލްތާން މުހައްމަދު މުއީނުން ދީން

ރޯދަމަހު ކާބޯތަކެތީގެ އަގު ހެޔޮކުރަން މިއަދުގެ ހުކުރު ޚުތުބާގައި ވިޔަފާރިވެރިންނަށް ނަސޭހަތް ދީފިއެވެ.

ރޯދަމަހު އާއްމު ގޮތެއްގައި އަތްނުފޯރާ ވަރަށް ތަކެތީގެ އަގު ބޮޑުވާކަން ފާހަގަކޮށް، މިއަދުގެ ހުކުރު ހުތުބާގައި ބުނީ ”ކުއްލިއަކަށް ރަމަޟާން މަހު ތަކެތީގެ އަގުތައް ބޮޑުކުރުމަށް ވުރެ އައުލާކަން ބޮޑުވެގެން ވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްގެ ގޮތުގައި ވީހާވެސް ކުޑައަގެއްގައި ވިއްކުން ކަމަށެވެ. ވަކިން ހާއްސަކޮށް ރަމަޟަން މަހު އާއްމުކޮށް ބޭނުންޖެހޭ ތަކެތި ލިބޭނެ ގޮތަށް ވިޔަފާރީގެ އިންތިޒާމްތައް ހަމަޖައްސައިދިނުމެވެ،” ވިޔަފާރީގައި ބަރަކާތް ލެއްވުން އެދި ދުއާކުރަމުން ހުތުބާގައި ބުންޏެވެ.

މިއަދުގެ ފަހު ޚުތުބާގައި ރޯދަމަހާ ގުޅުވައި ދިން އަނެއް ނަސޭހަތަކީ މުވައްޒަފުންނަށް ލުއި ގޮތްތައް ހަމަޖައްސައި ދޭން ވަޒީފާދޭ ފަރާތްތަކަށް ދިން ނަސޭހަތެކެވެ. ހަމައެއާއެކު މުވައްޒަފުންނަށް ދިން ނަަސޭހަތަކީ ރޯދަ މަހަކީ ކަންނެތް ކަމުގެ މަހަކަށް ނުހެދުމަށާއި އެކަމުގައި އިސްވެ ދިޔަ ހެޔޮލަފާ މީހުންނަކީ ނަމޫނާއަކަށް ބަލަން ގޮވައިލި އެވެ.

ރޯދަމަހަށް އެކަށީގެންވާ ލުޔެއް ނުދޭ ކަމަށް ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ކުރީގެ ރޯދަމަސްތަކުގައި ޝަކުވާކޮށްފައި ވެ އެވެ. ހަމަ އެގޮތަށް މުވައްޒަފުން ފަރުވާ ކުޑަކުރާ ކަމުގެ ކަންބޮޑުވުން ކުންފުނިތަކުގެ ވެސް އޮވެ އެވެ.

މިއަހަރުގެ ރޯދަމަހަށް ހަނދު ބަލާނީ މިރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top