ދިރާގުން ގެލެކްސީ އެސް21 ސީރީސްގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

b_Ao7beepKJZlp6g2iKPFYTRJ5x.jpg

ދިރާގުން ސެމްސަންގ ގެލެކްސީ އެސް21 ސީރީޒްގެ ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރުކޮށްގެން ފޯނު ގަންނަ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ހަ މަސް ދުވަހަށް ހިލޭ 10 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ޕްރީއޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21 އަދި އެސް 21+ އާއެކު ސެމްސަންގް ފިޓް 2 އަކާއި ގެލެކްސީ ސްމާޓް ޓެގެއް ލިބޭނެއެވެ. އޭގެ އިތުރުން ގެލެކްސީ އެސް 21 އެލްޓްރާ 5ޖީ ޕްރީ އޯޑަރުކުރާ ފަރާތްތަކަށް ސްމާޓް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވްއެއް ލިބޭނެއެވެ. ސެމްސަންގް އެސް 21 ސީރީޒްގެ ފޯނުތަކަކީ ދިރާގު 5ޖީ ނެޓްވޯކާއި ދިރާގު އީ ސިމް ބޭނުންކުރެވޭ ފޯނުތަކެކެވެ.

ޕްރީއޯޑާ އަގުތައް

  • އެސް21: 18،559 ރުފިޔާ
  • އެސް21 ޕްލަސް 256ޖީބީ: 23،199 ރުފިޔާ
  • އެސް21 އަލްޓްރާ، 256ޖީބީ: 27،859 ރުފިޔާ

އެސް 21 ފޯނުތަކުގެ ސްކްރީންތައް ކުރީގެ ފޯނުތަކާ ތަފާތުވުމުގެ އިތުރުން ވަރުގަދަ ބެޓަރީއެއް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން އެސް 20ގެ ފޯންތަކަށްވުރެ ވަރުގަދަ ކެމެރާތަކެއް އެސް 21 ގައި ހިމެނެއެވެ.

ސެމްސަންގް އެސް 21 ފޯނުގައި 6.1 އިންޗީގެ ސްކްރީނެއް ހުރެއެވެ. އަދި އެސް 21 ޕްލަސްގައި 6.7 އިންޗީގެ ސްކްރީނެއް ހިމަނާފައިވާ އިރު، އެސް 21 އަލްޓްރާގެ ސްކްރީނުގައި ހުންނާނީ 6.8 އިންޗިއެވެ.

ދިރާގުން އެސް 21 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރުކުރުމަށް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top