މިފަށަނީ ދިރިއުޅުމުގެ އާ ދަތުރެއް: ސިދާތާ

426de7d9-6c99-4ca4-821c-f446204f28c1-1-750x375.jpeg

ކުރީގެ ޖެންޑާ މިނިސްޓަރު އަދި އޭދަފުށި މީހަކާ އިނދެ ދަރިންވެސް ލިބުނު ފަހުން ކައިވެނި ރޫޅިފައިވާ ޝިދާތާ ޝަރީފް، ފިލްމީ ތަރި އަޙްމަދު ޒިޔާއާ ކައިވެނި ކުރަން ރަން ކިޔައިފި އެވެ.

މިކަން ހާމަ ކުރައްވައި ފޭސްބުކްގައި ޝިދާތާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފައްޓަވަނީ ދިރިއުޅުމުގެ އައު ދަތުރެެއް ކަމަށާާއި، މިއީ އައު ފެށުމެއްކަމަށެވެ. އަދި ހިތް އުފަލުން ފުރިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ދެ މީހުން ކައިވެނި ކުރަން ރަން ކިޔާފައި މިވަނީ އަހަރުގެ އެންމެ ރީތި އެއް ތާރީހު ކަމަަށްވާ 2021-01-21 ގައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޒިޔާ ބުނީ ކައިވެނި އޮތީ އަންނަ މަހު ކަމަށެވެ.

“އަޅުގަނޑުމެން ދެ މީހުން ކައިވެނި އިންޝާﷲ، އަންނަ މަހު އޮންނާނެ. ވަރަށް ލޯބިން ދެ މީހުން އާ ހަޔާތެެއް މި ފަށަނީ،”

ޒިޔާ ބުނީ ކައިވެނި ކުރި ނަމަވެސް ދެ މީހުންގެ ސިޔާސީ ވިސްނުމަކީ ދެ ޕާޓީއެއް ކަމުން ކުރިއަށްދާނީ އެ ގޮތުގައި ކަމަށެވެ.

ޒިޔާ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ޝިދާތާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނަވާ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޕީޖީ މެންބަރުން އޭނާ މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެެއްވުމަށް އެންގުމުން މަޖުބޫރުވެވަޑައިގަތުމުންނެވެ. އެ ފަހުން ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް އެކަމަނާ ގެއްލިވަޑަައިގަތެވެ.

ސިދާތާ އެކޭ އެއްފަދައިން ޒިޔާވެސް ވަނީ ކުރިން ކައިވެންޏެއް ކުރައްވައި ކުދިންވެސް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top