ފެންމީޓަރަށް ނަގަމުންއައި 30ރުފިޔާ މާފުކޮށްފި

speech-1.png

ރައީސް އިބްރާހީމް މުހައްމަދު ސާލިހް -

މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ސަރުކާރުން ލާފައި ހުންނަ ފެންމީޓަރަށް ކޮންމެ މަހަކު ފެނަކަ އިން ނަގަމުން އައި 30 ރުފިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފު ކޮށްދެއްވައިފި އެވެ.

ފެނަކައިން މިކަން އިއުލާންކުރީ އެ ކުންފުނިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އައްޑޫގެ ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު އެ މަސައްކަތާއި މިއަދު ހަވާލުވުމަށްފަހު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފައިސާ ރައީސް މައާފު ކޮށްދީފައި މިވަނީ، ގޭގެއަށް ލާފައިވާ ފެން މީޓަރަށް ނަގަމުން ދިޔަ 30 ރުފިޔާ ކަނޑައިލުމަށް ކަމާބެހޭ އިދާރާތަކަށް ފެނަކަ ކޯޕަރޭޝަނުން އަންގާފައިވަނިކޮށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިކަމާބެހޭ ގޮތުން ބައެއް މީޑިއާތަކަށް ވިދާޅުވީ، ފެން މީޓަރުތަކުން ނަގަމުންދިޔަ 30 ރުފިޔާ މައާފުކޮށްދެއްވާފައި ވަނީ މިއަދު ކަމަށާއި އެހެންކަމުން އެ ފީއެއް ފެނަކައިން ދެން ނުނަގާނެ ކަމަށެވެ.

ގޭގެއަށް ލާފައިވާ ފެން މީޓަރަށް ނަގަމުންދިޔަ 30 ރުފިޔާގެ ފީ ކަނޑައިލުމަށް ފެނަކައިގެ ބޯޑުން ނިންމައި، ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާފައިވަނީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top