ބަހިއްޔާ ހިންގަން ޝައުގުވެރިކަން ފާޅުކުރިން – މައި ކޮލެޖް

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީ ސްކޫލް. / އީވީ ފައިލް ފޮޓޯ

ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް ޕްރީ ސްކޫލްގެ ޚިދްމަތް ދިނުމަށް މައިކޮލެޖުން ޝައުގުވެރިކަން ފާޅުކޮށްފައިވާނެކަމަށް އެކޮލެޖްގެ އޭދަފުށީ ކެންޕަހުން ބުނެފިއެވެ.

މައިކޮލެޖުން މިހެން ބުނެފައި މިވަނީ ހޮނިހިރު ދުވަހު މިނޫހުން ގެނެސްދެވުނު “ރައްޔިތުންގެ އަޑު” ކޮލަމްގައި މައިކޮލެޖުން ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމުގެ ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފައި ވަނިކޮށެވެ.

އެހެންނަމަވެސް މައިކޮލެޖް އޭދަފުށީ ކެންޕަހުން ބުނީ ކައުންސިލްގެ އެޖަވާބަކީ ވަރަށް ބޮޑު އޮޅުވާލުމެއްކަމަށާ، 2015 ވަނައަހަރުގެ ފަހުކޮޅު ބަހިއްޔާ ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން މައިކޮލެޖުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. މައިކޮލެޖް އޭދަފުށި ކެންޕަހުގެ މެނޭޖަރ އިފާޝާ އަބްދުއްރަހީމް ވިދާޅުވީ އެފަހަރު ޝައުގުވެރިވީ މައި ކޮލެޖް އެކަނި ކަމަށާ، އެހެންވެ އަލުން އިޢްލާން ކުރަން ކައުންސިލުން ނިންމީކަމަށެވެ.

“ޝައުގުވެރިކަން ފާޅުނުކުރާނަމަ 2015 ވަނަ އަހަރު އެމީހުން ކުރި އިޢްލާނަކަށް ކުރިމައްޗެއް ނުލާނެތާ. މައުލޫމާތު ސާފުކުރަން ދިޔައީ މައިކޮލެޖް އެކަނި. ދެން އަޅުގަނޑަށް ދީފަ އޮތް ޖަވާބަކީ ދެވަނަ ފަހަރަށް އިޢްލާން ކުރާނަމޭ. އެއްފަރާތަކުން ކުރިމަތިލީމާ ތިމަންނަމެން އަނެއްކާވެސް ޖެހޭނީ އިޢްލާނަކަށް ދާށޭ. ކައުންސިލްގެ ރައީސް ވިދާޅުވީވެސް. އޭގެފަހުން އަދި އިޢްލާނެއް ނުކުރޭ. މާދަމާ އިޢްލާން ކުރިޔަށް ކުރިމަތިލާގޮތަށް ޕްރޮޕޯސަލްވެސް ހަދާފައި އޮންނާނީ” އިފާޝާ ވިދާޅުވިއެވެ.

އިފާޝާ ވިދާޅުވީ އިޤްރާ އިންޓަނޭޝަނަލް އާ ގުޅިގެން ބަހިއްޔާ ހިންގުމަށް ކައުންސިލުން ނިންމާފައިވާކަމުގެ ހަބަރުތައް އަޑު އިވިފައިވާ ކަމަށާ، އެހެންނަމަވެސް އެކަން ހިނގާ ގޮތެއް މައިކޮލެޖުން ބަލަން ބޭނުން ނުވާކަމަށެވެ.

“އަޅުގަނޑުމެން ނުބަލަން އެތަން ބަޔަކާ ހަވާލުކުރި ކަމެއް އަދި ނުކުރާ ކަމެއްވެސް. އެނގޭ ކަމަކީ މައިކޮލެޖުން ޝައުގުވެރިވާކަން ބަހިއްޔާ އިންޓަނޭޝަނަލް ކޮށް ހިންގަން”

2017 ވަނަ އަހަރުން ފެށިގެން ބަހިއްޔާ ޕްރީ ސްކޫލްގެ އިމާރާތުގެ މަތީ ބައި، މަތީ ތައުލީމް ދިނުމަށް މައިކޮލެޖުން ވަނީ ކުއްޔަށް ހިފާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top