ޕްރިޔަންކާގެ ކައިވެނި އަންނަމަހު އިންޑިއާގައި

4edf2d6d-8dda-43d7-9da7-1cb13d2040e2-getty-1028935764.jpg

ދިވެހިންގ މެދުގައިވެސް މަޝްހޫރު ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި އަންނަ މަހު 20ގައި އިންޑިއާގައި ކުރާ ގޮތަށް ނިންމައިފިއެވެ.

ކުރިން ހަވާއީގައި ބާއްވަން ނިންމާފައިއޮތް މި ރަސްމިއްޔާތު އިންޑިއާގެ ޖޯދުޕޫރުގައި ބާއްވަން ހަމަޖެއްސީ މިދިޔަ މަހު މި ދެތަރިން ޖޯދުޕޫރަށް ގޮސް އެތަނުގައި ހުންނަ ‘އުއްމީދު ބަވަން ‘ ބެލުމަށް ފަހުގައި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ބުނެއެވެ.

ޕްރިޔަންކާ ވަނީ ކައިވެނީގެ ރަސްމިއްޔާތަށް އަންނަ މެހްމާނުންނަށް ދޭ ހަދިޔާ ގަތުމަށް އެމެރިކާއަށް ވެސް މި މަހު ގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ކައިވެންޏަށް ދައުވަތު ދޭނީ ނިކް އާއި ޕްރިޔަންކާގެ އާއިލާގެ އިތުރުން ދެމީހުންގެ ގާތް އެކުވެރިންގެ ތެރެއިން 200 މީހުންނަށެވެ.

ޕްރިޔަންކާއާއި ނިކް އެންގޭޖްވީ އޭނާގެ 36 ވަނަ އުފަން ދުވަހު މިދިޔަ ސެޕްޓެމްބަރ 3 ގައެވެ. އެކަމަކު އޭރުވެސް އަޑު ފެތުރުނީ ކައިވެނި ކުރުން އޮތީ އޮކްޓޯބަރގައި ކަމަށާ އެރަސްމިއްޔާތު އޮންނާނީ ހަވާއީގައި ކަމުގައެވެ.

ރައްޓެހިވެގެން އުޅޭތާ އަދި އަހަރެއް ނުވާއިރު ދާދި ފަހުން ޕްރިޔަންކާ ބަނޑުބޮޑުވެފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިގެން ދިޔައެވެ. އެކަން ޕްރިޔަންކާވެސް އަދި ނިކްވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އުމުރުން 25 އަހަރުގެ ނިކް އާއި 36 އަހަރުގެ ޕްރިޔަންކާ ފުރަތަމަ ބައްދަލުވެފައިވަނީ މިދިޔަ އަހަރު ބޭއްވުނު މެޓް ގާލާއިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top