ވެސްޓިން މޯލްޑިވްސް މިރިއަންދޫ ހުޅުވައިފި

The-Westin-Maldives-Miriandhoo-Resort-1.jpg

ވެސްޓިން މޯލްޑިވްސް މިރިޔަންދޫ -ފޮޓޯ /ވެސްޓިން މޯލްޑިވްސް

ވެސްޓިން މޯލްޑިވްސް އިން ބ.މިރިޔަންދޫގައި ތަރައްގީ ކުރި ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓް މިއަދު ހުޅުވައިފިއެވެ.

ކުރިން މި މަހުގެ 1ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ރިސޯޓް މިއަދު ހުޅުވިއިރު އެރިސޯޓަށް މިއަދު ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވެސްޓިން މޯލްޑިވްސް މިރިއަންދޫ އަކީ މެރިއޮޓް އިންޓަނޭޝަނަލްގެ ފަރާތުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އެކަމަކު މި ކުންފުނިން ދުނިޔޭގެ އެކި ތަންތަކުގައި މަތީ ފެންވަރުގެ ރިސޯޓްތަކެއް ހިންގަމުން އާދެއެވެ.

70 ވިލާ އާއި 29 ވޯޓާ ވިލާގެ އިތުރުން 41 ސުއިޓް އާއެކު ހުޅުވި މި ރިސޯޓުގައި ލަގްޒަރީ ރެސިޑެންޓް ވިލާ އެއް ވެސް ހުރެ އެވެ. މީގެ އިތުރުން ތިން ރެސްޓޯރެންޓާއި ރޫފް ޓޮޕް ބާ އެއް ވެސް ހުރެއެވެ. އެ ރެސްޓޯރެންޓު ތަކުން ދިވެހި ، އިންޑިއާ، ޗައިނާ، ޖަޕާން އަދި އޭޝިއާގެ ކެއުންތައް ލިބެން ހުންނާނެ އެވެ.

ވެސްޓިނ މޯލްޑިވްސް މިރިޔަންދޫ – ފޮޓޯ /ވެސްޓިން މޯލްޑިވްސް

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި އެންމެ މަތީފެންވަރުގެ މި ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. އަދި އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރު ކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދާފައިވާ ތަފާތު ވައްތަރުގެ ލަކުޑި ބޭނުންކޮށްގެންނެވެ.

ވެސްޓިނ މޯލްޑިވްސް މިރިޔަންދޫ – ފޮޓޯ /ވެސްޓިން މޯލްޑިވްސް

ވެސްޓިން މޯލްޑިވްސް މިރިއަންދޫ ޑިޒައިން ކުރީ، އިޓަލީގެ މަޝްހޫރު ޕީއީއައިއޭ އެސޯސިއޭޓީންނެވެ. އަދި އެ ރިސޯޓް ތަރައްގީ ކުރީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި، ސްރީ ލަންކާގެ އޭޝިއާ ކެޕިޓަލް ޕީއެލްސީންނެވެ.

މިއީ މިއަހަރު ތެރޭގައި ބ. އަތޮޅުގައި ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓާއެކު ޖުމްލަ 16 ރިސޯޓު ބ.އަތޮޅުގައި މިހާރު ހިންގަމުން ދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top