އޭދަފުށީ އިންޖީނުގޭ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް

l_4456211fmDV.jpg

ަފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ރަހުމް ކުޑަ ލާއިންސާނީ އަނިޔާތަކުގައި ގެއްލުން ލިބެމުންދާ ރައްޔިތުންނަށް އެހީވުމަށް އޭދަފުށީ އިންޖީނުގޭގެ ހުރިހާ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން މެނޭޖްމެންޓްގެ އެދުމުގެ މަތިން އިއްޔެ އިންޖީނުގޭގެ ހުރިހާ މުވައްޒަފުންގެވެސް ރުހުމާއެކުކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެއެވެ. މިފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި މީޑިއާ އިން އިސްނަގައިގެން ޣައްޒާ އަށް އެހީ ހޯދުމަށް ކުރިއަށް ގެންދާ “މަވެސް އެހީވާނަން” ޓެލެތޯންގެ ޕްރޮގްރާމްގެ ތެރޭގައި ފެނަކަ ކޯޕރޭޝަން މުވައްޒަފުންގެ ނަމުގައި ކަމަށްވެސް އޭދަފުށީ އިންޖީނުގެއިން ބުނެއެވެ.

އޭދަފުށީގައި ހުރި ސަރުކާރާ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިންވެސް ގިނަބަޔަކު މިފަންޑަށް 1 ދުވަހުގެ މުސާރަ ޖަމާކުރުމާމެދު މިވަގުތު މަޝްވަރާކުރެވެމުންދާކަން އީވީއަށް އެނގިފައިވެއެވެ. ނަމަވެސް އިންޖީނުގެ ފިޔަވައި މިވަގުތު އެއްވެސް މުވައްސަސާއަކުން މިކަމާމެދު އަދި ވަކިއެއްޗެއް ނުބުނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފަންޑަށް އެހީދޭން ބޭނުންވާ އާންމު ފަރާތްތަކަށް ފަނޑުފޮއްޓެއް ބެހެއްޓުމަށް މިއަދުގެ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެކަމަށާ، އެއަށްފަހު އަމަލުކުރަން ނިންމާގޮތެއް އާންމުކޮށް ރައްޔިތުންނަށް އަންގާނެކަމަށެވެ.

ޣައްޒާ ފަންޑަށް އެހީވުމަށް އޭދަފުށީގެ މުވައްސަސާތަކުން މަޝްވަރާކުރަމުންދާއިރު، ބ. މާޅޮހުގައި މިކަމަށް އެހީހޯދުމަށް އެރަށު މިސްކިތުގައި ބަހައްޓާފައިހުރި ފަންޑުފޮށި 10000އަށްވުރެ ގިނަރުފިޔާއާއެކު މިދިޔަ ހަފްތާވަނީ ވަގަށްނާގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top