ނޭމާއާ، މެސީ ބާސާގެ ޕްރެކްޓިހަށް ނުކުމެއްޖެ

neymar-next-to-lionel-messi-and-mascherano-in-barca-training.jpg

ބާސެލޯނާގެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ބްރެޒިލްގެ ނޭމާ އާއި އާޖެންޓނާގެ ނޭމާ ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

ވޯލްޑް ކަޕް ފައިނަލް ކުޅުނު މެސީ ވަނީ ޗުއްޓީއަށް ފަހު ފުރިހަމައަށް އިއްޔެގެ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ. ނަމަވެސް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅެނިކޮށް ބުރަކަށީގައި ރެނދުލުމުގެ ސަބަބުން ފަރުވާކުރަން ޖެހުނު ނޭމާ ފުރިހަމައަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެ އެވެ. މީގެ ބަދަލުގައި އޭނާ ފުރިހަމަކުރީ ވަރަށް އާދައިގެ ކަސްރަތުތަކެކެވެ. އަދި އޭނާ ޕްރެކްޓިހަށް މި ނުކުތީ ވެސް ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށެވެ. ނޭމާ ވެސް ކުރިން ބުނަމުން އައީ އޭނާ ޓީމާ ގުޅޭނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ނޭމާގެ ބުރަކައްޓަށް އަނިޔާވީ ކޮލަމްބިއާ އަތުން 2-1 އިން ބްރެޒިލް މޮޅުވެ ސެމީ އަށް ދަތުރު ކުރި މެޗު ނިމެން ދެ މިނިޓަށްވެފައިވަނިކޮށް ކޮލަމްބިއާގެ ހުއާން ޒުނިގާ އޭނާގެ ބުރަކަށީގައި ކަކޫ ޖައްސައި ކުރި ފައުލްގެ ސަބަބުންނެވެ. މި އަނިޔާގެ ސަބަބުން އަށިގަނޑުގައި ދަނޑުން ބާލައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނޭމާގެ އަނިޔާ ރަނގަޅުކުރަން އޮޕަރޭޝަން ކުރަން ނުޖެހުނު ނަމަވެސް އޭނާ މިހާތަނަށް އުޅުނީ ގާޑެއް އަޅައިގެންނެވެ.

ނޭމާ އާއި މެސީއާއެކު ބާސެލޯނާގެ ކުރީގައި މިފަހަރު ކުޅޭނީ ސަސްޕެންޝަނުގައި ހުރި ލިވަޕޫލްގެ ކުރީގެ ފޯވަޑް އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top