ޕީޕީއެމް/ޕީއެންސީ ގެ ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

b_InHBSKhiyFR30DiEvLciiAFf1.jpg

ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަލްސާއެއް.

ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުގެ ސްޓިއަރިން ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އަންނަ މަހުގެ 16 ވަނަ ދުވަހު ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ނިންމައިފިއެވެ.

ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރެވޭނީ އެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންނެވެ. މިކަމަށް އެދޭ ފޯމު ރާއްޖޭގެ މީހުން ދިރިއުޅެ ހުރިހާ ރަށެއްގައި މިހާރު އެކުލަވާލާފައިވާ ވަގުތީ އިންތިހާބީ ކޮމިޓީންނާއި ޕީޕީއެމްގެ ވެބްސައިޓުންނާއި އެ ކޯލިޝަނުގެ މައި އޮފީހުން ލިބެން ހުންނާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ސްޓިއަރިން ކޮމިޓީގައި ތިން ގިންތިއެއް ހިމަނާފައިވެ އެވެ. އެއީ އާންމު މެމްބަރުންގެ ގިންތި އާއި އަންހެން ކަނބަލުންގެ ގިންތި އަދި ޒުވާނުންގެ ގިންތިއެވެ. ޒުވާނުންގެ ގިންތިއަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް އެކަންޏެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފަ އެވެ. އަދި ސްޓިއަރިން ކޮމެޓީގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ރަށްރަށަށް ނިސްބަތްވާ ފަރާތްތަކުން އެރަށެއްގައި އޮންނަ ވަގުތީ ކޮމެޓީއަށް، މާލޭ، ހުޅުމާލެ، އަދި ވިލިމާލޭގެ ރައްޔިތުން ޕީޕީއެމްގެ މައި އޮފީހަށް ފޯމު ހުށަހެޅުމަށް އެ ކޯލިިޝަނުން ވަނީ އެދިފައެވެ.

ސްޓިއަރިން ކޮމެޓީ އެކުލަވާލާނީ ކޮންމެ ރަށެއްގެވެސް އާބާދީއަށް ބަލައި، ފަސް މެމްބަރުން ފެށިގެން 11 މެންބަރުންނާ ހަމައަށެވެ. އަދި 16 ވަނަ ދުވަހު ބާއްވާ އިންތިހާބަށްފަހު ސްޓިއަރިން ކޮމެޓީގެ ރައީސް ހޮވުމަށް ވެސް އިންތިހާބެއް ބާއްވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top