ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރައިފި

ibu-ameer-fayyaz.jpeg

މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މިމުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފައިވެއެވެ.

އަދި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ދަރަނި އިތުރުވެފައިވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ލޯނު ނެގުމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި 85 ބިލިއަން ރުފިޔާގައި ހުރި އިރު އޭގެ ތެރެއިން ބޭރުގެ ދަރަންޏަށް 33 ބިލިއަން ރުފިޔާ އަދި އެތެރޭގެ ދަރަންޏަށް 52 ބިލިއަން ރުފިޔާއަރައެވެ.

އަދި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު 46 ބިލިއަން ރުފިޔާގައި ހުރިއިރު އެތެރޭގެ ދަރަނި ހުރީ 56 ބިލިއަން ރުފިޔާގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top