”ބޯހަރުކަން ދޫކޮށް ރައްޔިތުންނަށް ފައިދާހުރި ސިޔާސަތަކަށް ރުޖޫއަ ވާންޖެހޭ“

yameen-mmm.jpg

ރައީސް، ޔާމީން އަބްދުލްގައްޔޫމް

ސަރުކާރުން ގެންގުޅޭ ބޯހަރުކަން ދޫކޮށް ރައްޔިތުންނަށް ފައިދާހުރި ސިޔާސަތަކަށް ރުޖޫއަވާންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ ބޯހަރުކަމުގެ ސިޔާސަތު ދޫނުކޮށްފިނަމަ ނިކުންނާނެ ނަތީޖާއަކީ މުޅި ހުރިހާ ރައްޔިތުން ނިކަމެތިވެ ފަގީރުވުން ކަމަށެވެ.

ސްރީލަންކާއަށް މި ވަގުތު މެދުވެރިވެފައިވާ ހާލަތަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމަނިކުފާނު އިތުރަށް ރާއްޖޭގައި ގަނޫނު ތަންފީޒު ކުރެއްވުމަށް ހަވާލުވެ ތިއްބެވި ފަރާތްތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީ ބަލަންޖެހޭކަމަށެވެ.

ޔާމީން ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތައްވެ ވަރަށް ގިނަ ކުލަހުވަފެން ދައްކައިގެން ކަމަށެވެ. ނަމަވެސް އެހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެކަންކަން ފެނަށް ވެ ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން ގެންގުޅުނު ބޯހަރު ސިޔާސަތުތަކާއި ރައްޔިތުން ދެކޮޅު ހަދައި މަގުތަކަށް ނިކުމެ ކުރި މުޒާހަރާތަކުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އެގައުމުގެ ރައީސާއި، ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވުމުވެ.

ސްރީލަންކާގެ ހާލަތު ގޯސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާއި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ބުރޫއަރަން ފެށުމުން މިދިޔަ މަހުގެ ތެރޭގައި ވެސް ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ. ލަންކާގައި މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް ވެރިޔަކު އިންތިޚާބު ކުރުން މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top