އޭދަފުށީގައި ދިރިއުޅޭ އާބާދީގެ 97އިންސައްތަ މީހުން ވެކްސިން ދެ ޑޯޒް ޖަހައިފި

230509771_2019836568170308_5043191350113978298_n.jpg

12 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ދަނީ --ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް

އޭދަފުށީގައި ދިރިއުޅޭ އާބާދީގެ 97 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފި ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު އީވީއަށް ވިދާޅުވީ ވެކްސިން ޖެހޭ އާބާދީގެ 97 އިންސައްތަ މީހުން ދެޑޯޒް ފުރިހަމަ ކުރުމަކީ ލިބުނު ކާމިޔާބެއް ކަމުގައެވެ.

”ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން މިނަތީޖާއާއި ހަމައަށް އާދެވުނީ. މި ކާމިޔާބާއި އެކު އޭދަފުށީގެ ވެކްސިން ޖެހޭ މުޅި އާބާދީއަކީ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ރަށަކަށް ވުމަށް ދެން އޮތީ ހަމަ ވަރަށް މަދު ދުވަސްކޮޅެއް. “މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މެނޭޖަރު ވިދާޅުވީ އޭދަފުށީ ރައްޔިތުންގެ ގޮތުގައި މާލެއާއި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނާ އެކު ބެލިކަމަށް ވިޔަސް މިހާތަނަށް 67 އިންސައްތަ މީހުން ވެކްސިން ފުރހަމަ ކޮށްފައިވާ ކަމަށެވެ.

އޭދަފުށީގައި ދިރިއުޅޭ ވެކްސިން ޖެހޭ އާބާދީ އެއްކޮށް އެނެމް އަވަހަށް ވެކްސިން ޖަހައި ނިންމާ ރަށްތަކުގެ ތެރޭގައި ހިމެނުމަށް ބ.އަތޮޅު ހޮސްޕިޓަލުން އަމާޒު ހިފާފައިވާއިރު މިހާރު ހޮސްޕިޓަަލުން ވަނީ ބާރަ އަހަރާއި އަށާރަ އަހަރާ ދެމެދުގެ ކުދިންނަށްވެސް ވެކްސިން ދޭން ފަށާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top